ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ތިނެއްގެ ފުރަތަމަ ބުރުގެ ފުރަތަމަ މެޗު ވެސް އޭދަފުށި ކާމިޔާބު ކޮށްފި އެވެ.
ޅ. ކުރެންދުއާއި ވާދަކޮށް އެންމެ ފަހުގެ ޗެމްޕިއަން، އޭދަފުށި މިމެޗު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި މުހައްމަދު ފާސިރު (ފާއްޓެ)ގެ ދެ ގޯލުގެ އިތުރުން ދެން އޭދަފުށިން ކާމިޔާބުކުރި ގޯލަކީ ކުރެންދޫގެ މުހައްމަދު ރަފްހާން އަބްދުލް ގައްޔޫމްގެ ފައިގައި ޖެހިފައި ވަން ގޯލެކެވެ.
އޭދަފުއްޓާއި ކުރެންދޫ އަކީ ވެސް އަތޮޅު ޗެމްޕިއަނުންނެވެ. ދެން މި ޒޯންގައި ހިމެނެނީ ކ. އަތޮޅުގެ ޗެމްޕިއަން މާފުއްޓާއި ރަނަރަފް ކާށިދޫ އެވެ.