އޭދަފުށީގެ 25 ކުޅުންތެރިން ރިވައިވަލް ބެޑްމިންޓަން މުބާރާތަށް މާލެއަށް

475139294_122192471342174701_2834656898219397662_n-1536x1025-1.jpg

”ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2025“ގައި ބައިވެރިވުމަށް އޭދަފުށީގެ 25 ކުޅުންތެރިން މިއަދު މާލެއަށް ހިނގައްޖެ އެވެ.

90،000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތް އޮންނާނީ މި މަހުގެ 29 އިން އަންނަ މަހުގެ 1 އަށް މާލޭގެ ކުޅިވަރު އެކުވެނީގައެވެ.

11 އަހަރާއި 19 އަހަރާއި ދެމެދުގެ އުމުރުފުރާ ބައިތަކުގައި ވާދަކުރާނެ މި ކުޅުންތެރިންގެ ތެރޭގައި އޯޕަން ކެޓަގަރީގައި ވާދަކުރާނެ ކުޅުންތެރިންވެސް ހިމެނެއެވެ.

މުބާރާތުގެ އޯޕަން ކެޓަގަރީގެ ޑަބަލްސް ޗެމްޕިއަނުންނަށް 20،000 ރުފިޔާ އަދި ރަނަރަޕަށް 10،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ޖޫނިއާ ސިންގަލްސް ޗެމްޕިއަނަށް 2،000 ރުފިޔާ އަދި ރަނަރަޕަށް 1،000  . 

މީގެކުރިން، ރިވައިވަލް ސްޕޯޓްސް ކްލަބުން ވަނީ ބ. އޭދަފުށީގައި ޖޫނިއާ ބެޑްމިންޓަން ކުޅުންތެރިންނަށް ކާމިޔާބު މުބާރާތެއްވެސް ބާއްވައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top