ގޯލްޑަން ފުޓްސަލް ޗެލެންޖް؛ ޗެމްޕިއަން އޭދަފުށި އަތޮޅު ފައިނަލަށް

b_EiaoVP46Jb7QXFQMRO48cHhQ5.jpg

ހުސެން ޝަރީފް ރޭގެ މެޗުގައި އޭދަފުއްޓަށް ގޯލު ޖަހައިދިނުމަށްފަހު އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ޔޫސުފް ސޮފްވާން

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ބ. އަތޮޅު ފައިނަލަށް އޭދަފުށި ހިނގައްޖެއެވެ. ފައިނަލުގައި އޭދަފުށި ވާދަކުރަން ޖެހޭނީ މިދިޔަ އަހަރުވެސް ވާދަކުރި ތުޅާދުއާއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ކުރިއަށް ދާއިރު، ރޭ ވަނީ ބ. އަތޮޅު ލީގު ބުރު ފަހު މެޗު ކުޅެފައެވެ. ބ. އަތޮޅުން މިފަހަރު ތިން ޓީމު ވާދަކުރަމުން އަންނައިރު، އޭދަފުށިން ރޭގެ މެޗަށް ނުކުތީ 1-0 އިން ތުޅާދޫ ބަލިކޮށްގެންނެވެ. އަނެއްކޮޅުން ފެހެންދޫ ރޭ ނުކުތީ 1-0 އިން ތުޅާދޫ ކައިރިން ބަލިވެފައި އޮވެގެންނެވެ.

ރޭގެ މެޗަށް ނުކުތްއިރު، އަތޮޅު ތިން ޓީމަށްވެސް ފައިނަލަށް ހަމަހަމަ ފުރުސަތު އޮތް އިރު، ރޭގެ މެޗުގައި އޭދަފުށިން ފެހެންދޫ ބަލިކުރީ 2-0 އިންނެވެ.

އޭދަފުށިން ރޭގެ މެޗަށް ނުކުތީ އަނިޔާގައި ތިިބި މުހިއްމު ބައެއް ކުޅުންތެރިން ނުލައެވެ. އެގޮތުން އިޝާން އިބްރާހީމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓެ) ވެސް ރޭގެ މެޗުގައި ނުކުޅެއެވެ.

އެ ކުޅުންތެރިންނާ ނުލައި ކުޅުނު މި މެޗުގައި އޭދަފުށިން ކުރީކޮޅުގައި ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)އެވެ. އޭގެފަހުން އޭދަފުށި ލީޑު ފުޅާކުރީ ހުސައިން ޝަރީފް ކާމިޔާބު ކޮށްދިން ގޯލުންނެވެ. އެއީ އޭނާ މިހާތަނަށް ޖެހި ދެވަނަ ގޯލެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top