ފޭދޫގައި ނަމާދު ކުރަން ދަސްކޮށްދޭ ހާއްސަ ޕްރޮގްރާމެއް

466680790_987787076725612_2637723987240835949_n.jpg

ފޭދޫގައި މިދިޔަ އަހަރު ބޭއްވި ނަމާދު ޕްރޮގްރާމެއްގެ ތެރެއިން.

”ކޮންމެ ކުއްޖަކީ ނަމާދު ކުރާ ކުއްޖެއް“ ގެ ނަމުގައި އައްޑޫ ފޭދޫ އަވަށު އޮފީހުން އެރަށުގައި ނަމާދު ކުރަން ދަސްކޮށް ދޭން ހާއްސަ ޕްރޮގްރާމެއް ބާއްވަން ނިންމައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގަން ޕޮލިސް ސްޓޭޝަނާ ގުޅިގެންނެވެ. ނަމާދު ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ ހަތް އަހަރުން މަތީގެ ދެ ޖިންސްގެ ކުދިންނަށެވެ.

އަވަށު އޮފީހުން ބުނީ ”ކޮންމެ ކުއްޖަކީ ނަމާދު ކުރާ ކުއްޖެއް“ ޕްރޮގްރާމްގައި ކުދިން ބައިވެރިކުރަން އެދެމުންދާތީ އާއި ވީހާ ވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމުގެ ގޮތުން އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ

މި ލިންކް https://forms.gle/KR6MxhXkin8xdBmb7 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ފޭދޫ އަވަށު އޮފީހުން ޒުވާން މުދިމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top