މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ ށ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަށެވެ. މިސަރަހައްދުގެ ރަށްރަށަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށް ލަފާ ކުރެވޭ ކަަމަށް ބުނެފައި ވެއެވެ.
ބައެއް ރަށްރަށަށް ރޭވެސް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ކ. ދިއްފުއްޓަށެވެ. އެރަށް 101.5 މިލިމީޓަރުގެ ވާރޭ ވެހުނު އިރު ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ އއ. ތޮއްޑޫއަށެވެ. އެގޮތުން އެރަށަށް 98.8 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާ ކުރާ ގޮތަަށް ބަލާއިރު، އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރާނެ ކަަމަށާއި ގުގުރުން އެކަށީގެންވެއެވެ. އަދި އެހެން ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.