ދެވަނަ ބުރުން ނިޝާމް އޭދަފުށީ ޓީމުން ފެންނާނެ

406923_3_99a10a84ac4ef2f88b7f08b08660f999a5903ebb_large.jpg

ގައުމީ ޓީމުގެ ޕްރެކްޓިހުގައި ނިޝާމް: ގޯލްޑް ކަޕްގައި އޭދަފުށީ ޓީމަށް އޭނާ ދޫކުރަން އީގަލްސްއިން ވަނީ ނިންމާފަ --- ފައިލް ފޮޓޯ: ސިޑިބަރި

(ހައިޝަމް) މިހާރު ކުރިއަށް ދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕުގެ ދެވަނަ ބުރުގެ މެޗުތަކުން އޭދަފުއްޓަށް އުފަން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ފެންނާނެ ކަމަށް އޭދަފުށި ޓީމުން ބުނެފިއެވެ.

އޭދަފުށި ދެވަނަ ބުރަށް ދިޔައީ ނިޝާމް ނުލައެވެ. ޒުވާން މިޑްފީލްޑަރުގެ ނަން ޓީމު ލިސްޓުގައި ޖެހިނަމަވެސް ކުޅެވޭ ގޮތް ނުވީ ޕޮގްބާ ކުޅެމުން އަންނަ ކްލަބު އީގަލްސް އިން އޭނާ ދޫނުކޮށްގެންނެވެ.

އިީގަލްސް އިން ފުރަތަމަ ބުނީ ނިޝާމް ދޫކުރެވޭނީ 200،000 ރުފިޔާގެ ރިލީޒް ފީއެއް ދެއްކުމުން ކަމަށެވެ. ނަމަވެސް ފަހުން މަޝްވަރާކޮށްގެން ވަނީ އަގު ކުޑަކޮށްފަ އެވެ. އެކަމަކު، ކުޑަކުރި އަގެއް ނުބުނެއެވެ.

”އީގަލްސް އިން  އެއަދަދު ކުޑަކޮށްދީފި. އިރާދަކުރެއްވިއްޔާ ދެވަނަބުރުގެ މެޗުތަކުން ނިޝާމް ފެންނާނެ، “ އޭދަފުށީ ޓީމްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ގޯލްޑް ކަޕުގެ ދެވަނަ ބުރުގައި އޭދަފުށީގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ކ. މާފުއްޓާ ދެކޮޅަށެވެ. އެކަމަކު މި މެޗުގައި އޭނާ ނުފެނިދާނެ އެވެ.

”މި މެޗުގައި ޕޮގް އަށް ކުޅެވޭނެ ކަމެއް ނޭނގޭ. އެކަމަކު [ދެވަނަ ބުރުގެ] ދެވަނަ މެޗުގައި ކުޅެވޭ ވަރަށް ހުރިހާ ކަމެއް ނިމެނޭ،“ އޮފިޝަލް ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top