ޖަނަވަރީން ފެށިގެން މަޝްރޫއުތައް ހިނގަން ފަށާނެ: ރައީސް

l_173363809454C6Jr.jpg

ރައީސް މުއިއްޒު، ތޮއްޑޫގައި: އެ މަނިކުފާނު ވިދާޅުވީ އަންނަ މަހުން ފެށިގެން މަޝްރޫއުތައް ހިނގަން ފަށާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އާ ބަޖެޓާ އެކު އަންނަ ޖެނުއަރީ މަހުން ފެށިގެން މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިނގަން ފަށާނެ ކަމަށާއި ވަކި ތަރުތީބެއްގެ ތެރެއިން މަޝްރޫއުތައް ނިންމަމުން ދާނެކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ރައީސް މުއިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މަޝްރޫއުތައް ނުހިނގާ އޮތީ މިދިޔަ މަޖިލީހުން ފާސްކުރި ބަޖެޓުގައި އެ ފުރުސަތު ލިބިފައި ނެތުމުން ކަމަށެވެ. އެއީ، އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅެކެވެ.

މަޝްރޫއުތަކަށް ކުދިކުދި އަދަދުތައް ބަޖެޓުކޮށްފައި ހުރިކަމަށާއި އެ އަދަދުތަކުން މަޝްރޫއުތައް ނުހިންގޭ ކަމުގެ ކަންބޮޑުވުން ރައީސް ފާޅުކުރެެއްވިއެވެ.

”އިރާދަކުރެއްވިއްޔާ 2025 އަދި 2026 ވެގެންދާނީ އަޅުގަނޑު ރަށްރަށަށް ގޮސް ރިޔާސީ އިންތިހާބުގައި ވެފައިހުރި ވައުދުތައް ފުއްދުމަށްޓަކައި އަމަލީ ގޮތުން އެ މަސައްކަތްތައް ހިންގާ ދެ އަހަރަށް،“އެ މަނިކުފާނު ވިދާޅުވިއެވެ.

މި ހިނގާ އަހަރު ތެރޭ ގިނަ މަޝްރޫއުތަކެއް ހުއްޓިފައި ހުރީ ބަޖެޓުގައި ފައިސާ ނެތުމުން ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނެއެވެ. މާލީ ވުޒާރާގެ ހިސާބުތައް ދައްކާ ގޮތުން މަޝްރޫއުތަކަށް ކުރި ހޭދައިން ބިލިއަނެއްހާ ރުފިޔާ ދަށްވެފައިވާއިރު، ދުވަހުން ދުވަހަށް ސަރުކާރު ހިންގަން ކުރި ޚަރަދު ވަނީ ވަރަށް ބޮޑުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top