އޭދަފުށީގައި 1،000 ފްލެޓް އަޅަން ހަވާލުކޮށްފި

467335644_952520336913204_5654956966190387336_n.jpg

ބ. އޭދަފުށީގައި 1،000 ހައުސިން ޔުނިޓު ހިމެނޭ ތިން ޓަވަރު އެޅުމަށް ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ސަރުކާރުން މިއަދު ހަވާލުކޮށްފިއެވެ.

15 ފަންގިފިލާގެ ތިން ޓަވަރު އިމާރާތްކުރުމުގެ މަޝްރޫއު ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގަ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު ޕެންގް ވާންޝޫއެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ މި އެމްއޯޔޫއަކީ މިއަހަރުގެ މޭ މަހުގެ އަށްވަނަ ދުވަހު ސޮއިކުރި އެމްއޯޔޫއެއްގެ ދަށުން އޭދަފުށީ ކައުންސިލާއެކު ވަރަށްގިނަ މަސައްކަތްތަކެއްކޮށް، ސަރުކާރުން ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރުމަށްފަހު ހެދި އެއްބަސްވުމެއް ކަމަށެވެ.

މުއްތަލިބު އިތުރަށް ވިދާޅުވީ 15 ބުރީގެ ޓަވަރުތަކެއް އަޅަން ނިންމީ އޭދަފުއްޓަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ރަށަކަށްވާތީ އާއި ވާޓިކަލް ޑިވެލޮޕްމަންޓަކީ މުހިންމުކަމެއް ކަމަށް ގަބޫލްކުރެވިގެން ކަމަށެވެ. އަދި އޭދަފުށީގެ ވަށައިގެން ގިނަ ރިސޯޓްތައް އޮންނައިރު، އެ ރިސޯޓުތަކުގެ މަސައްކަތް ކުރާ މީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަށް އޭދަފުށްޓަކީ އެންމެ ރަނގަޅު އެއް ރަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

މި މަޝްރޫގެ ދަށުން އޭދަފުށީގައި ތިން ރޫމްގެ 336 ފްލެޓާއި ދެ ރޫމްގެ 672 ފްލެޓް އޭދަފުށީގައި ގާއިމްކުރާނެއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ކަނޑައަޅާފައިވާ 40،000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށަކަށް އޭދަފުށި ހައްދަވާނެކަމަށް، މި އަހަރުގެ މާރިޗު މަހު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top