ރަށްރަށުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ ހާލަތުވެސް ދެނެގަންނަނީ

Multiple-cats-on-white-background.jpg

ރަށްރަށުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ ހާލަތުވެސް ދެނެގަތުމަށް އެސެސްމެންޓެއް ހެދުމަށް ނިންމާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

މާލެސިޓީ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ގާއިމުކޮށްފައިވާ “އޮޅު ހިޔާ”، މިހާރު ވަނީ ހުޅުވައިފައެވެ.

މިއީ މި ސަރުކާރުގެ “ހަފްތާ 14” ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ރަމީލާ ވިދާޅުވީ، މި ޕެޓް ކެއާ ފެސިލިޓީގެ މަސައްކަތްތައް ރަށްްތަކަށްވެސް ފުޅާ ކުރަން ޖެހޭ ކަމަށެވެ.

މިގޮތުން އޭނާ ވިދާޅުވީ ރަށްތަކުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަ އެ ވުޒާރާއަށް ހުށަހަޅަމުންދާ ކަމަށެވެ.

އެހެންކަމުން މި ބުޅާތަކުގެ ހާލަތު ދެނެގަތުމަށް މޯބައިލް ޓީމްތަކެއް އެކުލަވާލައި މި ޓީމްތަކުން އެންމެ ބޮޑަށް މައްސަލަ ދިމާވެފައިވާ ހިސާބުތަަކަށް ދަތުރުތައް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮންމެ ރަށެއްގައި މިފަދަ ފެސިލިޓީއެއް ގާއިމް ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި ނަމަވެސް އެކިއެކި ސަރަހައްދުތަކުގައި މުސްތަގުބަލުގައި ފެސިލިޓީސް ގާއިމް ކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

”އެހެން ނަމަވެސް މިވަގުތު އަޅުގަނޑުމެން މޮބައިލް ޓީމްތައް ފޯމްކޮށްގެން، މޯބައިލް ޓީމްގެ ހިދުމަތްތައް ރަށްރަށަށް ދޭ ގޮތަށް މިހާރު މަސައްކަތްތައް ދެން ކުރިއަށް ރާވާލާނީ،“. އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top