ރ. އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން ފޭބި ޒުވާނަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ އެރަށު ކަޝްމީރު، ނަބީހު ހުސެއިން، 24އ.އެވެ.
ފުލުހުން ބުނީ އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރައި އަޑީގައި އޮތް ކަމަށް މިއަދު 12:08 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މީހާ ނަގައިގެން އެރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ރ. އަލިފުށި ދެކުނު ފަރާތު ކަނޑު އަޑިންނެވެ. އަދި އޭނާ ކަނޑުން މައްޗަށް ނެގީ ޑައިވަރުންގެ ޓީމަކުންނެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.