ބ. އަތޮޅުގެ ތިން ރަށަކަށް އެސްޖީން ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި

GXGoD3abEAESEwe.jpeg

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުން

ބ.ހިތާދޫ، ފުޅަދޫ އަދި ފެހެންދޫ ކައުންސިލަށް ސެކެޓްރީ ޖެނެރަލް (އެސްޖީ) އިން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސީން) އިން އަނެއްކާވެސް އިއުލާން ކޮށްފި އެވެ.

މިތިން ރަށަށް އެސްޖީން ބޭނުން ވެގެން މިދިޔަ މެއި މަހުވެސް ވަނީ އިއުލާން ކޮށްފައެވެ.

މިތިން ރަށް ހިމެނޭހެން ޖުމްލަ 29 ރަށަށް އެސްޖީން ހޯދަން ސީއެސްސީ އިން މިއަދު ވަނީ އިއުލާން ކޮށްފަައެވެ

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ.

ރަށު ކައުންސިލްގެ އިދާރާތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މި މަހުގެ 29 ގެ ނިޔަލަށެވެ.

މި މަގާމުގައި އެސްޖީން ދެ ރޭންކެއް ހިމެނެ އެވެ. ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100ރ. އެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 15،285ރ. އެވެ. އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.

ލޯކަލް ކައުންސިލްތަކަށް މުޅިން އަލަށް 2021 ވަނަ އަހަރު ސެކްރެޓަރީ ޖެނަރަލުން އައްޔަންކުރަން ނިންމީ ލާމަރުކަޒީ ގާނޫނު އެ އަހަރުގެ ތެރޭގައި އެގޮތަށް އިސްލާހުކުރުމުންނެވެ. ގާނޫނުގައި ބުނެފައިވަނީ އެ މަގާމަށް މީހުން އައްޔަނު ކުރާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top