ބ. އަތޮޅުގައި ހިންގާ ނައުޓިލަސް ރިސޯޓަށް ސީޕްލޭނެއް ގެނެސްފި

img_md_202112211040281640065228.1278-1.jpg

ބ.އަތޮޅު ތިލަދޫގައި ހިންގާ ލަގްޒަރީ ރިސޯޓު، ދަ ނައުޓިލަސް މޯލްޑިވްސް ރިސޯޓަށް ހާއްސަ ސީޕްލޭނެއް ގެނެސްފިއެވެ.

މި ސީޕްލޭން ގެނެސްފައިވަނީ އެ ރިސޯޓަށް އަންނަ ފަތުރުވެރިން އުފުލުމަށެވެ.

ޑީއެޗްސީ 6 ޓުވިން އޮޓާ މަރުކާގެ މި ބޯޓު ރާއްޖެ އައީ ޔޫއޭއީގެ ފުޖެއިރާއިން ފުރައިގެން ދިހަގަޑިއިރުގެ ދިގު ދަތުރަކަށް ފަހު އިއްޔެ އެވެ.

މި ސީޕްލޭން އޮޕަރޭޓްކުރާނީ މަންތާ އެއާއިންނެވެ. ނައުޓިލަސް އަކީ މަންޓާ އެއާގެ އެއް ހިއްސާދާރު ސަންޖޭ މަނިކުގެ ބައްޕަ ޑރ. އިބްރާހިމް އުމަރު މަނިކު ތަރައްގީކުރި ރިސޯޓެކެވެ.

މަންތާ އެއާގެ އިސް އޮފިޝަލަކު މި ސީޕްލޭނާ ބެހޭ މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އަލަށް ގެނައި ސީޕްލޭން އޮޕަރޭޓްކުރާނީ އެ ކުންފުނިންނެވެ. އެ ބޯޓު ދަތުރުކުރަނީ ހަމައެކަނި ނައުޓިލަސްގެ ފަސިންޖަރުން އުފުލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“މިއަހަރުގެ ޓޫރިސްޓު ސީޒަނާ ދިމާކޮށް މި ބޯޓު ގެނައި ޓޫރިސްޓުން އުފުލުމުގައި ދިމާވާ ދަތިތައް ހައްލުކުރަން. މިހާރު މިގެނައީ ސީދާ އެ ރިސޯޓުގެ ބޯޓެއް،” އެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ މަތީ ފެންވަރުގެ ބައެއް ރިސޯޓުތަކުން މިހާރު ވެސް އަމިއްލަ ސީޕްލޭން ގެންގުޅެ އެވެ. ނަމަވެސް އެ ބޯޓުތައް އޮޕަރޭޓްކުރާނީ ސީޕްލޭންގެ ހިދުމަތްދޭ ކުންފުނިތަކުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top