ލޯބިވެރިޔާއަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއްގައި ބ. ތުޅާދޫއަށް ނިސްބަތްވާ 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
އަނިޔާ ލިބުނު މީހާގެ ބަޔާނާއި ހާދިސާގެ ރިޕޯޓުގައި އޭނާއަކީ މާރާމާރީ އާއި އަދި ބިރު ދެއްކި ކަމުގެ ކުށް ކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ބުނެފައި ވެއެވެ.
ލޯބިވެރިޔާއަށް އަނިޔާކޮށްފައި ވަނީ އެކުގައި ދިއުމަށް އެދުމުން އެކަމަށް އިންކާރު ކުރުމުން ކަމަށް ބަންދު އަމުރުގައި ވެއެވެ. މިގޮތުން އޭނާ ލޯބިވެރިޔާގެ ފަލަމަސްގަނޑުގައި ޖަހާފައިވާ ކަމަށާއި، މިއީ އަނިޔާ ލިބުނު މީހާ ގެއަށް ދިޔަ މަގުމަތީގައި ހިނގި ކަމެއް ކަމަށް ބުނެފައި ވެއެެވެ.
އޭގެ އިތުރުން އަނިޔާ ލިބުނު މީހާގެ ނުރުހުމުގައި މާރާމާރީ ހިންގި ސަރަަހައްދަށް ގެންދިޔައިރު، ލޯބިވެރިޔާ ވަނީ މި މައްސަލައިގައި ދައުވާ ކުރަން ބޭނުންވާ ކަަމަށްވެސް ބުނެފައެވެ.
އެހެންނަމަވެސް ފިރިހެން މީހާ ބުނެފައިވަނީ އަނިޔާ ކޮށްފައި ނުވާނެ ކަމަށާއި އޭނާ ޖަހާފައި ވަނީ ފާރުގައި ކަމަށެވެ.