ޓީޗަރުންގެ ދުވަސް ފާހަގަކުރަން ފައިސާ ނުނަގަން އަންގައިފި

big_TbgSHxHscmV3HtLV0nt8Obbpg.jpeg

ޓީޗަރުންގެ ދުވަސް މި އަހަރު ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެންގި ސާކިއުލާގައި ވަނީ، ޓީޗަރުންގެ ދުވަސް ފާހަގަކުރަން ދަރިވަރުންނާއި ބެލެނިވެރިން އަތުން ފައިސާ ނުނަގަން އަންގާފައ ެވެ.

އަގުބޮޑު ހަފްލާތަކަށް ވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސްތައް ފާހަގަކުރުމާއި ޓީޗަރުންގެ ދުވަސް އޮކްޓޯބަރު މަހުގެ 6 އިން 10 އާ ދެމެދު ފާހަގަ ކުރުމާއި ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް އެއް ދުވަހެއްގެ ތެރޭގައި ގެންދިއުމަށް ވެސް ވަނީ އަންގާފަ އެވެ.

މީގެއިތުރުން ދުވަހުގެ ހަރަކާތްތައް ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުކުރުމާއި ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގު ނުކުރުމާއި ރަށުން ބޭރުގައި ހަރަކާތްތައް ނުބޭއްވުމަށް ވެސް އަންގާފައިވެ އެވެ.

އޭގެ އިތުރަށް ވަކިވަކި ޓީޗަރުންނަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ހަދިޔާ ނުދޭން ވެސް އެޑިޔުކޭޝާން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top