އަހްމަދު އަލީ ހަބީބު ބީއެމްއެލް ބޯޑަށް

large_172656283814rbGR-1.jpg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް އޭދަފުއްޓަށް ނިސްބަތްވާ އަހްމަދު އަލީ ހަބީބު އައްޔަންކުރުމަށް ސަރުކާރުން ހުށަހަޅައިފިއެވެ.

އަހުމަދު މިހާރު ހުންނެވީ ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ މަގާމުގައެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން އޭނާގެ ނަން ހުށަހެޅީ ޗެއާމަންކަމުގެ މަގާމަށް އައްޔަން ކުރުމަށެވެ.

ސަރުކާރުން މީގެކުރިން ވަނީ ބީއެމްއެލްގެ ބޯޑަށް މުހައްމަދު ޝާހިދާއި އަލީ އިރުފާން އައްޔަންކުރަންވެސް ހުށަހަޅާފަ އެވެ. އަހްމަދު އަލީ ހަބީބާއި މުހައްމަދު ޝާހިދަކީ ބ. އޭދަފުއްޓަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

އެއާއެކު އަންނަ ހޮނިހިރު ދުވަހު ބާއްވާ ބީއެމްއެލްގެ އީޖީއެމްގެ އެޖެންޑާއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެ ބަދަލު ގެނައީ މީގެ ކުރިން ބީއެމްއެލްގެ ބޯޑަށް ހަމަޖައްސަން ސަރުކާރުން ހުށަހެޅި ދެ ބޭފުޅުންގެ އިތުރަށް އެހެން ބޭފުޅަކު ވެސް ހަމަޖައްސަން ނަމެއް ފޮނުވައިފައިވުމުންނެެވެ. އެއާއެކު ސަރުކާރުން ޖުމުލަ ތިން ނަމެއް ހުށަހަޅާނެއެވެ.

ޙަބީބް ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު ޑިރެކްޓަރުކަން އެޕްރީލް 2012 އިން ފެށިގެން ފެބުރުވަރީ 2019ގެ ނިޔަލަށް އަދާކުރައްވާފައެވެ.

އޭނާއަކީ އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ (ސީމާ) މެންބަރެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top