ފުރަތަމަ ޓާމްގެ ޓެސްޓް ފަށައިފި

ލލލލ.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު ---އީވީ ފޮޓޯ

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ފުރަތަމަ އިމްތިހާނު ސްކޫލުތަކުގައި މިއަދު ފަށައިފި އެވެ.

ގްރޭޑް 7-10 އަށް ފުރަތަމަ ޓާމްގެ އިމްތިހާނު ކުރިއަށް ދާނީ ފެށިގެން މި މަހު 21 އާ ހަމައަށެވެ.

ފުރަތަމަ ޓާމުގެ މުއްދަތަކީ މެއި 26 އިން މި މަހުގެ 26 އެވެ. އެގޮތުން 85 ދުވަހުގެ ކިޔެވުމަށް ފަހު، ފުރަތަމަ ޓާމުގެ ޗުއްޓީ ލިބޭނީ މި މަހުގެ 29 އިން އަންނަ މަހުގެ 3 އާ ހަމައަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 6 ގަ އެވެ.

ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށް ދާނީ އަންނަ މަހުގެ 6 އިން އަންނަ އަހަރުގެ މާޗް 6 އާ ހަމަަށެވެ. އެގޮތުން ދެވަނަ ޓާމުގައި ކިޔަވައި ދޭނީ 105 ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top