ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމްތަކަށް މާލީ އެހީ

341715_a9dab671-2_-2048x1365-1.jpg

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރަށްރަށުގެ އިސްލާމީ ޖަމިއްޔާތަކާއި ކައުންސިލްތަކުން ގުޅިގެން ކުރިއަށް ގެންދާ ތަރުބަވީ ކަންކަމަށް އިސްލާމިކް މިނިސްޓްރީގެ ގާބިލުކަން ހުރި ވަރަކުން މާލީ އެހީތެރިކަން ލިބޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް، ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ގެންގުޅުއްވާ ގައުމީ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި ކައުންސިލްތަކާއި ގުޅިގެން ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކާ ތަރުބަވީ މިފަދަ ކަންކަމަށް އިސްލާމީ ވުޒާރާގެ ގާބިލްކަން ހުރި މިންވަރުން މާލީ އެހީތެރިކަން ދޭނެ ކަމަށެވެ.

ޖަމިއްޔާތަކާއި ކައުންސިލްތަކުން ކުރިއަށް ގެންދާ ދީނީ ހަރަކާތްތަކަށް މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ދިނުމަކީ ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ޑރ. ޝަހީމް މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު ގައުމީ ދުވަހުގެ ރަސްމީ ޖަަލްސާގައި ރައީސް މުއިއްޒު ބޭނުންފުޅުވަނީ ފަތިހު ހޭލާ، ދީނީ ކަންކަމަށް ލޯބިކުރާ ގައުމެއް ދެކެން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ މި ގައުމުގައި އިސްލާމީ އަޚުލާގާ އެކީ އިސްލާމީ ދިވެހި އާދަކާދަ ވެސް ދިރުވައި އާލާކުރަން ޖެހޭ ކަމަށާއި ދިވެހީންގެ ވަރަށް ކައިރި ތާރީޚު ދައްކަނީ އާދަޔާ ޚިލާފު ރީތި ނަމޫނާއެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ ދީނީ ގޮތުން ޒުވާނުން ބިނާކުރަން ވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top