”ސީސީ އިންޓަރ ރިސޯޓް ކްރިކެޓް ޓޯނަމަންޓް 2024“ ޗެމްޕިއަން ކަން އަމިއްލަފުއްޓަށް

457734089_904562475035347_7546810823191614404_n.jpg

ޗެމްޕިއަން އަމިއްލަ މޯލްޑިވްސް ޝީލްޑާއެކު އުފާފާޅުކުރަނީ- ފޮޓޯ: ރައްޔާން ފޮޓޯސް

އޭދަފުށީ، ކްލަބް ކޮމްބިނޭޝަން (ސީސ) އިން ބ.އަތޮޅުގެ ރިސޯޓް ތަކަށް ހުޅުވާލައިގެން ބޭއްވި އިންޓަރ އެޓޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަން ކަން އަމިއްލަ މޯލްޑިވްސް ރިސޯޓް ހޯދައިފިއެވެ.

އިއްޔެ ހަވީރު އޭދަފުށީ ވެލިދަނޑުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި އަމިއްލަފުއްޓާއި ބައްދަލު ކުރީ ފިނޮޅު މޯލްޑިވްސް އެވެ. މިމެޗުގައި ފުރަތަމަ ކުޅެން އަރައި، ފިނޮޅު ރިސޯޓު ވަނީ އަށް އޯވަރުގެ ތެރޭގައި، ހަ ވިކެޓަށް  131 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި، އަމިއްލަ މޯލްޑިވްސް އިން ކުޅެން އަރައި 7.5 އޯވަރުގެ ތެރޭ ތިން ވިކެޓަށް ވަނީ 132 ލަނޑު ހަދައިފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ، އަމިއްލަ މޯލްޑިވްސްގެ ރޯޝަން އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ބެސްޓް ބެޓްސްމެން އަކަށް ހޮވިފައިވަނީ ފިނޮޅު ރިސޯޓުގެ ޔަސަންތާއެވެ.  ބެސްޓް ފީލްޑަރަކަށް ހޮވުނީ ފިނޮޅު ރިސޯޓްގެ ޕްރިޔަންތާ އެވެ. ބެސްޓް ބޯލަރ އަކަށް ހޮވުނީ އަމިއްލަ މޯލްޑިވްސްގެ ލާހިރު އެވެ.

މިިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ސޮނޭވާފުއްޓެވެ. އެއީ ފައިނަލުގައި، ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓާ ވާދަކޮށްގެންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top