ބ.އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމެޓީން، އޭދަފުށީގެ އަންހެނުންނަަށް އަމާޒު ކޮށްގެން ޖަމާއަތްތެރިކަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގަން މިރޭ ފަށާނެ ކަމަށް އެކޮމެޓީން ބުނެފިއެވެ.
މި ޓްރޭނިން ޕްރޮގްރާމް ހިންގުމުގެ މަގުސަދަކީ އޭދަފުށީގައި ކަށުކަމާކެމީގެެ ކަންކަމުގައި އިސްވެ އުޅޭ މީހުން ވަރަށް މަދު ކަމާއެކު އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށް ރައީސް ޒީމާ އިބްރާހީމް ވިދާޅުވިއެވެ.
ޖުމްލަ ސަތާރަ ބައިވެރިންނާއެކު ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ކިޔަވައިދެއްވަނީ އިސްލާމިކް މިނިސްޓްރީން މިކަމަށް ޚާއްސަކޮށް ފޮނުއްވި އިލްމުވެރިއެއް ކަމަށް ޒީމާ މައުލޫމާތު ދެއްވިއެވެ.
”ސަތާރަ ބައިވެރިންގެ ތެރެއިން އެންމެ ބައިވެރިއެއް ނޫނީ ދެން ތިއްބެވީ ހުސް އަންހެނުން. އަޅުގަނޑުމެން އުއްމީދުކުރިން ފުދޭ ވަރަކަށް ފިރިހެނުންވެސް ބައިވެރި ވާނެކަމަށް. ފިރިހެނުންގެ ތަރުހީބު ނުލިބުމަކީ އަޅަުގަނޑުމެންގެ ކަންބޮޑުވުމެއް.“ޒީމާ ވިދާޅުވިއެވެ.
މި ޓްރޭނިންގް ޕްރޮގްރާމް ހިންގުމަށް އިސްލާމިކް މިނިސްޓްރީން ވެދެއްވި އެއްބާރުލެއްވުމަށް އެމިނިސްޓްރީއަށް ޒީމާ ޝުކުރު އަދާކުރެއްވިއެވެ.