ސިއްރާއި ފާޅުގައި ކުރާ އަމަލުތައް ލިޔުއްވާނެ ކަން ދަންނަން ޖެހޭ: ޚުތުބާ

DSCN9428-800x468-800x468.jpg

އޭދަފުށީ ބޮޑު މިސްކިތް --އީވީ ފޮޓޯ

ސިއްރާއި ފާޅުގައި ކުރާ އަމަލުތައް މަލާއިކަތުން ލިއުއްވާކަން ދެނެ ތަގުވާވެރި ބަޔަކަށް މުއުމުނިން ވާން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ މަލާއިކަތުންނަށް އީމާން ވުމުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށާއި އެއީ މާތްﷲ މާތްކުރައްވައިފައިވާ މަޚުލޫގުން ތަކެއް ކަމަށެވެ. އަދި އެއީ މާތް ﷲއަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބައެއް ކަމަށާއި މަލާއިކަތުންގެ އަދަދު ﷲ ފިޔަވައި އެހެން ފަރާތަކަށް ނޭނގޭނެ ކަމަށް ވެސް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.

ހަމަ އެހެންމެ މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ ގޮތަށް ކަމަށާއި މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބައެއް ނޫން ކަމަށާއި اللَّه ގެ އިޒުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

ޖިބްރީލުގެފާނަކީ ވަޙީގެ މަލާއިކަތާ ކަމަށާއި އޭގެ އިތުރަށް ގިޔާމަތް ދުވަހު ތާޅަފިލި ފުމެލެއްވުމާއި، މަޚްލޫޤުންގެ މަރުހިއްޕެވުމަށް މަލާއިކަތުން ވާކަމަށާއި ﷲއަށް ކިޔަމަންގަނެ އަޅުކަންކޮށް، ޤުރްއާން ކިޔަވައި ﷲ ހަނދުމަކުރާ މީހުންނަށް ރަހުމަތްލެއްވުމަށް އެދި ދުޢާކުރައްވާ މަލާއިކަތުން ވާކަމަށާއި މީސްތަކުންގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުން ހިމެނޭ ކަން ޚުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.

ހުކުރު ޚުތުބާގައި ވަނީ ބައެއް މީހުންނަށް ﷲ ލަޢުނަތްލެއްވި އިބިލީހާ މެދު ކުށްހީ ކުރެވޭ ކަމުގައިވެސް ބުނެފައެވެ.

އިބިލީހަކީ ﷲ އަށް ނުކިޔަމަންތެރިވުމުގެ ކުރީން މަލާއިކަތުންނާ އެކީ އުޅުމުގެ ފުރުސަތު ލިބިފައިވާ އަޅުވެރި މުއުމިނު ޖިންނިއެއް ކަމަށާއި އެހެންވެ އާދަމްގެފާނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް ކުރެވުނު އަމުރުފުޅުގައި އޭނާ ވެސް ހިމެނުނު ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މަލާއިކަތުން އެ އަމުރުފުޅަށް ކިޔަމަންގަތް ހިނދު، އިބިލީސް ބޮޑާވެ ނުކިޔަމަންތެރިވި ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ﷲގެ ރަޙްމަތުން އޭނާ ދުރުކުރެވި އަބަދަށް ޓަކައި އޭނާއަށް ލަޢުނަތް ލެއްވުނު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top