މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގަމުން ގެންދާ ސޯސަން މާޓްއާ ގުޅޭ ގޮތުން ފަތުރަމުން ގެންދަނީ ދޮގު ޚަބަރެއް ކަމާއި ޚަބަރު ފެތުރުމުގައި ޒިންމާދާރު ވުމަށް އެފިހާރައިން އިލްތިމާސް ކޮށްފިއެވެ.
ސޯސަން މާޓް ފިހާރައިން މިގޮތަށް އިލްތިސް ކޮށްފައި މިވަނީ ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ އަރަފާތު ހޮސެއިން (32އ) އެ އެއްޗެތި ވިއްކި ފިހާރަތަކުގެ ތެރޭގައި ސޯސަން މާޓް ހިމެނޭ ކަމަށް ބުނެ ފޭކް ފޭސްބުކް ޕޯސްޓެއް ދައުރު ކުރުވަމުން ދާތީވެ އެވެ.
ސޯސަންމާޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ފިހާރައަކީ އެއްވެސް އިރެއްގައި ހެދިކާ ވިއްކާ ތަނެއް ނޫން ކަމަށާއި އެފަދަ އެއްވެސް އެއްޗެއް ވިއްކުމަކީ އެ ފިހާރައިގެ ސިޔާސަތެއްވެސް ނޫން ކަމަށެވެ.
”މިފަދަ ސައްހަ ނޫން ޚަބަރު ފެތުރުމަކީ ވަރަށް ޒިންމާދާރު ކުޑަ އަމަލެއްކަމާއި، މި ފަދަ އެއްވެސް އެއްޗެއް ވިއްކުމަކީ މި ފިހާރައިގެ ވިޔަފާރީގެ ސިޔާސަތެއް ނޫންކަން ކަސްޓަމުންގެ މައުލޫމާތަށްޓަކައި ދަންނަވަން” އެ ބަޔާނުގައި ބުނެފައިވެއެވެ.
ދައުރުވަމުން ޕޯސްޓަކީ ފޭކް ޕޯސްޓެއްކަން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝައްމާން ވަހީދުވެސް ޔަގީން ކޮށްދީފައިވާ އިރު ކަސްޓަމުރުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މިފަދަ ޚަބަރުތައް ނުފެތުރުމަަށް ސޯސަން މާޓުން އިލްތިމާސް ކުރެއެވެ.