ރާއްޖޭގެ އާބާދީގެ ކޮންމެ ފަސްމީހުންގެ ތެރެއިން ހަތަރު މީހުން ދުފާ: އެޗްޕީއޭ

betel-chewing-kit-nang-rong-isan.jpg

ރާއްޖޭގެ އާބާދީގެ ކޮންމެ 5 މީހަކުން 4 މީހުންނަކީ ދުފާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ހާމަކޮށްފިއެވެ.

ދިވެހިން އާއްމުކޮށް ދުފަން ބޭނުންކުރާ ބައެއް ތަކެތީގެ ސަބަބުން އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށާއި މިހާރު ބޭނުންކުރާ ބައެއް ތަކެތި ދޫކޮށްލުމަށްފަހު ކަރަންފުލާއި ފޮނިތޮއްޓާއި ކާފޫރުތޮޅިފަދަ ތަކެތި ބޭނުންކޮށްގެން ދުފަން އާދަކުރުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

އެޗްޕީއޭއިން މި ގޮތަށް އިލްތިމާސް ކޮށްފައިވާއިރު ބިދޭސީން ހިންގާ ބައެއް ސައިހޮޓާ ކެފޭ ފަދަ ތަންތަނުގައި ބިލެތްހުނީގެ ބަދަލުގައި ކޯނިސްޕައުޑަރ ދޭ މައްސަލައެއް ފެންމަތިވެ އެމައްސަލަ ބަލަމުން ދާކަމަށް ހެލްތު މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ދުފުމަކީ ކެންސަރުޖެހުމަށް މަގުފަހިކޮށްދޭ ކަމެއްކަން އެޗްޕީއޭ އިން ބުނެފައިވާއިރު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާބާދީގެ ނިސްބަތުން އަނގައިގެ ކެންސަރު އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.

އަނގައިގެ ކެންސަރު ރާއްޖޭގައި ގިނަވެފައިވަނީ ދުންފަތް ލައިގެން ދުފާމީހުންނާއި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އާދަޔާ ޚިލާފަށް އިތުރުވުމުން ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން މައުލޫމާތުދެއެވެ.

އަނގައިގެ ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި އަނގައިގައި ފާރުކޮޅެއް އުފެދި ފަސޭހަނުވެ ލަސްވުމާއި އެފާރުކޮޅުން ފަސޭހައިން ލޭއައުމާއި އަނގައިގެ އެތެރޭގައި ހުދު އަދި ރަތް ކުލައިގެ ތަންތަން ގަނޑު އުފެދެން ފެށުމުގެ އިތުރުން ޒަޚަމަކާއި ނުލައި އަނގައިގެ އެތެރެއިން ލޭއައުން އަދި މޫނުއި އަނގައާއި ކަރު އައްސިވުން ނުވަތަ އިހުސާސްކެނޑުން އަދި މަޑުވެފައި ތަދުވުން ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top