ތުޅާދޫ ސިއްހީ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އަތީފް

ަތހެެފ.jpg

ފޮޓޯ: ތުޅާދޫ ހެލްތު ސެންޓަރު/އެފްބީ

ބ. ތުޅާދޫ ސިއްހީމަރުކަޒުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އެރަށު މުހައްމަދު އަތީފް ހަމަޖައްސައިފިއެވެ.

މިމަގާމަށް އަތީފް އައްޔަން ކޮށްފައިމިވަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް، އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާކަން އިއުލާން ކުރައްވާފައިވަނިކޮށް ކަން ފާހަގަ ކުރެވެއެވެ.

އަތީފް، ތުޅާދޫ ހެލްތު ސެންޓަރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވުމުން ތުޅާދޫ ސިއްހީ މަރުކަޒުގެ ފަރާތުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް، އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވީ ޖޫން 27، ގަ އެވެ. އެހެންނަމަވެސް އޭގެ ފަހުންވެސް ސަރުކާރުން އަންނަނީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top