މޫސުން ގޯސްވެ އުތުރަށް ޔެލޯ އެލާޓް

IMG_20200724_134101732-1.jpg

މޫސުން ގޯސް ދުވަހެއް.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ޅ.އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ މިރޭ 8:30 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

އުތުރުގެ ހުރިހާ އަތޮޅަކަށް ވެސް މިއަދު މޫސުން ގޯހެވެ. އެހެންވެ މެޓް އޮފީހުން މިއަދު ހެނދުނު 07:15 އިން މެންދުރު 12:00އާ ހަމަޔަށް ހއ އަތޮޅުން ފެށިގެން، ރ އަތޮޅާ ހަމަޔަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެ އެލާޓްގެ ވަގުތު ހަމަވުމުން މޫސުން އަލުން ލަފާކޮށް ހއ އިން ފެށިގެން ބ އަތޮޅާ ހަމަޔަށް، 12:00 އިން ހަވީރު 05:00 އާ ހަމަޔަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top