ހިޖުރައިގެ އެންމެ މުހިއްމު ފިލާވަޅަކީ ދީނަށްޓަކާ ގުރުބާންވުން: ޚުޡުބާ

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

ހިޖުރައިން ލިއްބައިދޭ ފިލާވަޅަކީ ދީނަށްޓަކާ ގުރުބާންވުމުގެ މަތިވެރި ފިލާވަޅުކަމަށް މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

”ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން“ މި މައުޟޫއަށް ޚާއްސަކޮށް ތައްޔާރު ކޮށްފައިވާ މިއަދުގެ ޚުތުބާގައި ވިދާޅުވީ ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި އާއިލާގެ ބޭފުޅުން ދޫކުރައްވާ މައްކާއިން ނިކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އެހެންހުރިހާ ކަމެއް ދީނަށްޓަކާ ގުރުބާން ކުރައްވައިގެން ކަމުގައެވެ.

ހިޖުރައިގެ މާނައަކީ، ތިމާގެ އަމިއްލަ ވަޒަންދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅާ މާނައެއް އޮތް ކަމެއްކަމަށްވެސް  ޚުތުބާގައި ވިދާޅުވި އެވެ.

އަންނަ އާދިއްތަ ދުވަހަކީ ހިޖުރީ އައު އަހަރު ފެށޭ ދުވަސްކަމަށާއި އެހެންކަމުން ކީރިތި ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާމެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރަންޖެހޭ ކަމެއް ކަމަށާއި ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައްތައް ދޫކޮށް ހެއޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފަ އެވެ.

”ޢަބްދުﷲ ބުނު ޢަމްރުގެ އަރިހުން ރިވާވެގެން ވެއެވެ. އިތުރު އެކަލޭގެފާނު ވިދާޅުވިއެވެ. “ކީރިތި ރަސޫލާ ﷺ އަރިހުގައި މީހަކު ދެންނެވިއެވެ ﷲ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ! ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. އެއީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކާ ދުރުހެލިވުމެވެ“ ޚުތުބާގައިބުނެފައިވެއެވެ.

ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅީފައިވަނީ ރަސޫލާ ﷺ ހިޖުރަކުރައްވައި، މައްކާއިން މަދީނާއަށް ވަޑައިގެން މަތިވެރި ހާދިސާ އާއެވެ.

ޚުތުބާގައި ބުނީ ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސާފައިވުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top