ކަރަންޓު ބިލް ބޮޑުވުމާއި ކުޑަވުން. ކިހިނެއްވާ ކަމެއް؟

big_GjAK1YMzGyKNyN0.jpg

ވޭތުވެ ދިޔަ ތިން މަސްދުވަހުގެ ކަރަންޓު ބިލް އާދަޔާ ޚިލާފަށް ބޮޑުވި މައްސަލައާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު  ކަންބޮޑުވުން ފާޅު ކުރަމުންދާ މިދުވަސްވަރު، ކަރަންޓު ބިލް ބޮޑުވާ ގޮތާއި ކުޑަކުރާނެގޮތް ސްޓެލްކޯގެ އިންޖިނޭރަކު ވިދާޅުވެ ދެއްވައިފިއެވެ.

ސްޓެލްކޯގެ އިންޖިނޭރު އަލީ ނިޔާޒު މީސް މީޑިއާގައި ވަނީ ވަރަށް ތަފްސީލުކޮށް ބިލްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ. ނިޔާޒު އެންމެ ފުރަތަމަ ވެސް ވަނީ ވަގަށް ގޮވުމުގެ ކުރިން ލިބުނީ ކޮން ދުވަސްވަރެއްގެ ބިލެއްތޯ އެއްވެސް ބޭފުޅަކު ބަލާލިތޯ ސުވާލުކޮށްފައެވެ.

”ނިމިދިޔަ ބިލިންގ ސައިކަލްގަ ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށްވެސް އެރި. އެކަމު ގޭތެރެ ހުރީ ހަމަ ޗިލްކޮށް 25 ޑިގްރީގަ އުތަ؟ އޭސީ ނުޖައްސާއިރު ގޭތެރެ 30 އާއި 35 ޑިގްރީ ސެލްސިއަސްއާއި ދެމެދު ހުރިނަމަވެސް 25 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށްކޮށް އެވަރުގައި ހިފަހައްޓަން އޭސީން ކުރަންޖެހޭ މަސައްކަތް ހިތަށް އަރުވާލިޔަސް ރޮވޭ ހުވާ. ހާދަ އެނާޖީއެކޭ. ދެން ވިސްނާލާ 40 އާއި 45 ޑިގްރސެލްސިއަސްގަ ހުރެފަ ތިރިއަށް އަންނަން އެފަކީރު ކުރާނެ މަސައްކަތް. މިއީ އަދި އޭސީ އެކަނި، ކޮބާ އަދި ފްރިޖު؟ އެ އަދި މާބޮޑަށް ޓެމްޕަރޭޗަރ ދަށްކުރަންޖެހޭނެ ދޯ؟“އަލީ ނިޔާޒް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ ކަރަންޓު ބިލަށް އަސަރުކުރަނީ ހަމައެކަނި އާ އެއްޗެހިތަކެއް ގެއަށް އިތުރު ކޮށްގެނެއް ނޫން ކަމަށެވެ. އާއްމުކޮށް ބޭނުންކުރާ ސާމާނު ތަކަކީވެސް ހާލަތަށް ޔޫސޭޖް ޑިޕެންޑުވާ އެއްޗެހި ކަމަށާއި އެހެންކަމުން ޚަރަދު ކުޑަ ކުރުމަށް ބައެއް ކަންތައްތައް އިސްލާހު ކޮށްލަންޖެހޭ ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

އެގޮތުން 10 ކަމެއް އޭނާ ހިއްސާ ކުރެއްވިއެވެ.

  1. އޭސީ ސާވިސް ކޮށްލާ ގޭސް ލެވެލް ޗެކް ކޮށަލާ ގޭސް ލީކެއް އުޅޭނަމަ އެކަން ހައްލު ކުރުން
  2. ފުލް ސާވިސް އެއްނުކުރި ނަމަ ވެސް މަހަކު އެއްފަހު ކަހަލަ ގޮތަކަށް އައުޓް ޑޯ ޔުނިޓާއި އިންޑޯ ޔުނިޓުގެ ކޯ ކަނޑު ދޮވެލާ ފިލްޓަރު ތަށް ސާފު ކުރުން, އައުޓު ޑޯ ޔުނިޓު އިނީ ވައި ދައުރުވާ ހޫނު ގަދަ ނޫން ތަނެއްގައިތޯ ޔަގީން ކުރުން
  3. އޭސީ ކޮށްފައިހުރި ތަންތަނުގެ ދޮރު ދަށުން ފިނި ވައި ލީކުވާގޮތަށް ހުރި ނަމަ އެތަނަށް ޕެކިނެއްލައި ބަންދު ކުރުން
  4. ބަދިގޭގެ އުނދުނާއި ވީހާވެސް ދުރުގަ ރެފްރިޖްރޭޓަރު ބެހެއްޓުން
  5. އޭސީ ކޮށްފައި ހުރި ތަންތަނުގެ ބިއްލޫރި ދޮރު ތަކުގައި ވީހާވެސް ބޯ ދޮރުފޮއްޗެއް ދެމުން
  6. ކުރިން ބަޖެޓު ލޯކަމުން ހަރުކުރި ތަނާ އެކަށީގެން ވާ ވަރަށްވުރެ ކުޑަ އޭސީ ޔުނިޓް ތަނާ އެކަށީގެންވާ ވަރުގެ ބޮޑު އޭސީ އަކަށް ބަދަލު ކުރުން
  7. ދާހިއްލިޔަސް ކައްކާއިރު ސިޓިން ރޫމު އޭސީ ނުޖެއްސުން. (ސިޓިން ރޫމާއި ބަދިގެ އެއްކޮށް ހުންނަ ނަމަ. އެހެންނޫނީ އޯކޭ)
  8. ބޭރަށް ދަމުން ވީހާވެސް ގިނަ އެއްޗެހި ނިއްވާލުން. (ހެނދުނު ބޭރަށް ދާ މީހާ ތި އަންނަނީ އިރު އޮއްސޭ ފަހުން. އަންނަ އިރު ކޮޓަރި އައިސް ކޮންޓޭނަރެޢްހެން ނުހުއްޓަސް އޯކޭ ވާނެ. ގެއައް އައިއްސަ އޭސީ އޮން ކޮށްލާފަ ފެންވަރައިގެން ނުކުންނަ އިރަށް ހުންނާނީ ކޮޓަރި ފިނިކޮށް. ހަމަ ހުވާ ޓްރައި އެނގޭ. އިޓްސް ލައިކް މެޖިކް ހަމަ)
  9. ފަންކާ ހަފްތާއަކު ވަން ފަހަރު ސާފު ކުރުން
  10. ދޭތެރެއަކުން ގޭގެ ކަރަންޓު މީޓަރު ބަލާލުން, (މީޓަރު ހިނގާވަރާ، އަރާއެއްޗެއް ބަލާލާ. ބިލަށް އަރާނެ ވަރު މޯބައިލް އެޕުގައި ޖަހާލައިގެން ބަލާލެވޭނެ.އިޤްތިސާދު ކުރަން ކުރެވޭނެ ލައްކަ ކަންކަން ބޮލައްވަންނާނެ މި ގޮތަށް ބަލަމުންދާނަމަ)

ނިޔާޒު ވިދާޅުވީ މިކަންކަން ކޮށްލުމުން ނަތީޖާ ފެންނާނެ ކަމަށެވެ. އަދި ބިލު ކުރެވޭނީ ބޭނުން ކުރި އެއްޗަކަށް ކަމަށާއި ބޭނުން ކުރެވޭވަރު މެނޭޖް ކޮށް ކަރަންޓު އިގްތިސާދު ކޮށްފިނަމަ ބިލަށް އޭގެ އަސަރު ކުރާނެ ކަމަށެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top