ބިޕާޝާބާސޫއާއި ކަރަންސިންގގެ ކައިވެނި އެޕްރިލް 30ގައި ؟

692679.png

ބިޕާޝާއާއި ކަރަން ސިންގ

ބިޕާޝާ ބާސޫ އާއި ކަރަންސިންގ ބޮލީވުޑްގައި ފާހަގަކުރެވިފައިވަނީ ވަރަށް ލޯބިން އުޅޭ ޖޯޑެއްގެ ގޮތުގައެވެ. ދެމީހުން ފެންނާނީ އެކުގައެވެ. ޖިމްއަށާއި ސްޕާތަކަށްވެސް ދާނީ އެކުގައެވެ.  އެހެންނަމަވެސް މި ދެމީހުންނަކީވެސް އާ ދެމީހުންނެއް ނޫނެވެ. ކަރަންސިންގ މީގެ ކުރިންވަނީ ދެމީހުންނާ އިނދެ ވަރިކޮށްފައެވެ. ބިޕާޝާ މީހަކާ ކައިވެނި ކުރިކަމުގައި ނުވިޔަސް ގިނަދުވަސްތަކެއްވަންދެން  ފިލްމްސްޓާރ ޖޯން އަބްރަހަމް އާއި ރައްޓެހިވެގެން އުޅެފައިވެއެވެ.

ވަރަށް ފަހުން ދެމީހުންގެ ކައިވެންޏާ ބެހޭ ގޮތުން ތަފާތު އަޑުތައް އަރަމުން ދާތީ އެކަމާރައްދު ދެމުން ބިޕާޝާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ދައްކަން ބޭނުންވުމުން އެވާހަކަތައް ދައްކާނެކަމުގައެވެ. އިހަށް މަޑުކުރާށެވެ. އަހަރެން ކައިވެނި ކުރަން ތައްޔާރުވުމުން އެކަން ހާމަކުރާނެކަމުގައެވެ.

އޭގެ ފަހުން މިހާރު އޮތް އުފާވެރި ޚަބަރަކީ އެމީހުންގެ ކައިވެނި އެޕްރީލް 30ގައި ކުރުމަށް ބިޕާޝާގެ އާއިލާ ތައްޔާރުވަމުންދާ ވާހަކައެވެ. ނޭނގޭ ކަމަކީ ބިޕާޝާ ކުރިންބުނި ފަދައިން އެޚަބަރު މީޑިއާ ހަމައަށް ތިލަކުރާނެކަމެވެ. އެހެންނޫނީ ޕްރިތީ ޒިންތާއާއި އުރްމިލާ ފަދައިން ބިޕާޝާގެ ކައިވެނިވެސް ކުރެވިގެންދާނީ އެކަހަލަ ގޮތަކަށް ބާއެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top