މީރާގެ އޭދަފުށީ ބްރާންޗް ހުޅުވުން މިއަދު ހަވީރު

P_20160331_110824.jpg

Jpeg

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ )ގެ އޭދަފުށީ ބްރާންޗް ރަސްމީކޮށް ހުޅުވުން މިއަދު ހަވީރު އޭދަފުށީގައި އޮންނާނެކަމަށް އެއޮފީހުން ހާމަ ކުރައްވައިފިއެވެ.

މި ދިޔަ ޑިސެމްބަރުމަހު މީރާގެ ފަރާތުން އޭދަފުށީގައި ގާއިމްކޮށްފައިވާ ކަލެކްޝަން ސެންޓަރ، އޭދަފުށީ ބްރާންޗްގެ ނަމަށް ބަދަލުކޮށް ރަސްމީ ކޮށް ހުޅުވާއިރު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ފިނޭންސް އަބްދުﷲޖިހާދު އެވެ. މީރާއިން ބުނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޓޭޝަން ޔަޒީދު މުހައްމަދު އާއި މީރާގެ ބައެއް އިސްވެރިން ވެސް މިއަދު އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމުގައެވެ.

މީރާގެ އޭދަފުށީ ބްރާންޗް އޮޕަރޭޝަނަށް ގެނެވުމާއެކު އެކު މި ވަގުތު އަތޮޅު ތެރޭގެ ހަތް ސަރަހައްދެއްގައި މީރާގެ ބްރާންޗްތައް ހިނގަމުން އެބަދެއެވެ. މި ބްރާންޗު ތަކުން މީރާގެ މައި އޮފީހުގައި ލިބެން ހުންނަ ހުރިހާ ހިދުމަތްތައް ވެސް ލިބޭނެ އެވެ. އޭގެ ތެރޭގައި ވިޔަފާރިތައް ޓެސް އަށް ރަޖިސްޓްރީ ކުރުމާއި ޖީއެސްޓީ އަދި ބީޕީޓީ ބަޔާން ބަލައިގަތުމާއި ޓެކްސްގެ ފައިސާ އާއި ދައުލަތަށް ދައްކަން ޖެހޭ އިތުރު ފީތައް ބަލައިގަތުން ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top