ޅ. ނައިފަރުގެ މިސްކިތްތަކުގައި މި އަހަރުވެސް އިމާމުވެ ދަމު ނަމާދު ކުރާނީ ސްކޫލް ދަރިވަރުން ކަމަށް ނައިފަރު ކައުންސިލުން ބުނެފިއެވެ.
އެރަށުގައި ސްކޫލް ދަރިވަރުން މިދިޔަ އަހަރުވެސް ވަނީ އެރަށު މިސްކިތް ތަކުގައި ހިފްޒުކޮށް ތަރާވީހް ނަމާދާއި ދަމު ނަމާދު ކޮށްފައެވެ. އެރަށުން މައުލޫމާތު ދިންގޮތުގައި މިގޮތަށް ދަރިވަރުން ހިފްޒްކޮށް ތަރާވީހް ނަމާދު ކުރާތާ މިހާރު ހަތަރު ވަރަކަށް އަހަރުވެދާނެ އެވެ.
ރެއިން ފެށިގެން މި ދަރިވަރުން މިސްކިތްތަކުގައި ދަމު ނަމާދު ކުރާއިރު، މިއަހަރު އެރަށު ހަތަރު މިސްކިތެއްގައި އިމާމުވެ ދަމު ނަމާދުކުރާނީ 10 ދަރިވަރެކެވެ.
މިފަހަރު މިސްކިތްތަކުގައި ދަމުނަމާދު ކުރާ 10 ދަރިވަރުންނަކީ
އަބްދުﷲ ޒަކުވާން މުހައްމަދު ރިކްޒާން
މުހައްމަދު ޔަޒިން ޔާސިރު
އާސިރު އާސިފް ޔޫސުފް
އަބްދުﷲ ހަޔާން ހަމީޒު
އިސްމާއީލް އަޝްހަމް އަހުމަދު
ޔާސިރް އާރިފް ޔޫސުފް
ޔޫސުފް ޒަކްނޫން މުހައްމަދު ޖުނައިދު
ޒާލިފް މަދީހް
މުހައްމަދު ހާދިން ސައުދުﷲ
މިރުއާޝް ހުސައިން މިރުޒާ
އަބްދުﷲ ޝައިއާން އަބްދުލްވާހިދު
މިދިޔަ އަހަރު އަށް ދަރިވަރަކު މި ކަމުގައި ބައިވެރިވިއިރު، މި އަހަރު އެ އަދަދު ވަނީ 10 އަށް އިތުރު ވެފައެވެ.