ހަަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ޓީވީ މޯލްޑިވްސް އިން ރޯދަ މަަހަށް ޚާއްސަ ކޮށްގެން ދައްކަމުން ގެންދިޔަ ”އެހަނދނުގައި“ޝޯ މިއަހަރު އަނެއްކާވެސް ދައްކަން ނިންމައިފި އެވެ.
”އެ ހަނދާނުގައި“ އެންމެ ފަހުން ބޭއްވީ 2016 ގައެވެ.
މި ޝޯ އަލުން މި އަހަރު ބާއްވަން ނިންމައި އޭގައި ބައިވެރިވާ ފަންނާނުންނާ އެކީ މިއަދު ވަނީ ސޮއި ވެސް ކޮށްފަ އެވެ. މި ފަހަރުގެ ޝޯގެ ފަސް އެޕިސޯޑް ގެނެސް ދޭން ނިންމާފައިވަނީ ފަސް ފަންނާނުންނަށް ހާއްސަކޮށްގެންނެވެ. އެ ފަސް ފަންނާނުންނަކީ މެޒޯ މުހައްމަދު، އައްފާން، އީސަ، އައިޝަތު އިނާޔާ އަދި ފަސީ އެވެ.
މި ފަންނާނުންނާ އެކު ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރެވެ.
ފަންނާނުންނާއެކު ސޮއިކުރެއްވުމަށްފަހު ޒީނާ ވިދާޅުވީ “އެހަނދާނުގައި” ޝޯއަކީ ޓީވީ ބެލުންތެރިންގެ މެދުގައި ވަރަށް މަޤުބޫލު ޝޯއެއް ކަމަށާއި، ޕީއެސްއެމްއާ ހަވާލުވިއިރު، މިޝޯވ އަލުން ގެނެސްދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުން ދިޔަކަމަށެވެ. އެހެންކަމުން މިޝޯ މުޅިން ތަފާތު ގޮތަކަށް މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ގެނައުމަށް ނިންމީކަމަށް ޒީނާ ވިދާޅުވިއެވެ.
“އެ ހަނދާނުގައި” އެޕިސޯޑްތައް ޕީއެސްއެމުން ދައްކާނީ ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 11:00 ގަ އެވެ. ޝޯ ކުރިއަށް ގެންދާނީ ލައިވް އޯޑިއަންސާ އެކީ، ވަގުތުން ގެނެސްދޭ ގޮތަށެވެ.
“އެ ހަނދާނުގައި” ތައާރަފު ކުރީ 2004ވަނަ އަހަރު އެވެ.