މިއީ ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނުގަދަމަސް

thirsty-man-937395_960_720.jpg

މއީ ވޭތުވެދިޔަ 18 އަހަރުދުވަހުގެ ތެރޭގައި އެންމެބޮޑަށް ހޫނުގަދަވި ދުވަސްވަރުކަމާއި މިދުވަސްވަރުގެ ހޫނުމިން އުޅެނީ 35.4 ޑިގްރީސެލްސިއަސް ގައި ކަމަށް މެޓްއޮފީހުން ބުނެފިއެވެ.

މެޓްއޮފީހުން މިއަދު ނެރުނު ބަޔާނެއްގައ ބުނެފައިވަނީ މިހާތަނަށް ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށް ދިޔައީ މިމަހު ކަމަށެވެ. އަދި ކުރިއަށްއޮތް ދެމަސް ދުވަހުވެސް ރާއްޖެއަށް ހޫނު ގަދަވާނެކަމަށާއި އެކަމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.

މެތްއޮފީހުން ބުނީ މި ފަހަކަށްއައިސް ހޫނުމިން މައްޗަށްދއުމާއި އެލްނީނޯ ބާރުގަދަވުމަކީ ވިހަ ގޭހުގެ ސަބަބުން ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މޫސުމީ ބަދަލުތަކާގުޅިގެން ދިމާވާ ކަމެއްކަމުގައެވެ.

ކުރިއަށްއޮތް އެޕްރީލް މަހަކީވެސް ހޫނުގަދަވާނެ މަހެއްކަމަށާއި އެމަހުގެ ފިނި ހޫނުމިން ހުންނާނެކަމަށް މެޓްއޮފީހުން ލަފާކޮށްފައިވަނީ 34.6 ޑިގްރީސެލްސިއަސްގައެވެ.

މީގެ ކުރިން ރާއްޖެ އަށް އެންމެ ހޫނުގަދަވި ދުވަސްވަރެއްގެ ގޮތުގައި ރެކޯޑުތަކުން ދައްކަނީ 1998 ވަނަ އަހަރު އެވެ. އެއީ 30.4 ޑިގްރީ ސެލްސިއަސް އެވެ. އޭރު ވެސް ހޫނު ގަދަވުމުގެ މައްސަލަތައް ކުރިމަތިވަތިވީ އެލްނީނޯއެއްގެ ބާރުގަދަކަން ދުނިޔެ ތަޖުރިބާ ކުރި ދުވަސްކޮޅަކާއި ދިމާކޮށް ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top