
ކްލަބް ދަބިގިނާސް އިން މިދިޔަ އަހަރު ފާހަގަކުރި އޭދަފުށި ސާފުކުރުމުގެ ތެރެއިން. މިފަދަ ޕްރޮޤްރާމްތައް ރަށުގެ ޖަމްއިއްޔާތަކުން ދޭތެރެ ދޭތެރެއިން ދަނީ ހިންގަމުން / އީވީ ފޮޓޯ: ފާރިހް އަހްމަދު
މި އަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަނގަކުރުމުގެ ގޮތުން އޭދަފުށީ އަންހެނުން ކޮމިޓީން އިސްނަގައިގެން ރަށުގައިހުރި ސަރުކާރުގެ މުއައްސަސާތަކާ، ކްލަބް ޖަމްއިއްޔާތަކާއި އަދި ރައްޔިތުންނާ ގުޅިގެން ރަށުތެރެ ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.
މިހަރަކާތްތައް ކުރިޔަށް ދާނީ 8 މާރޗް 2014 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 ޖަހާއިރު ސްޓޭޖް ސަރަހައްދުން ފެށިގެންކަމަށް އަންހެނުން ކޮމެޓީން ބުނެއެވެ. އެކޮމެޓީން ބުނީ މިމަސައްކަތަކީ ރައްޔިތުންނާ، އޮފީސްތައް ގުޅިގެން ރަށުތެރޭގެ އާންމު ސަރަހައްދުތައް ވީހާވެސް ބޮޑަކަށް ސާފުކުރުމުގެ ގޮތުން ހިންގަން ހަމަޖެއްސި ހަރަކާތެއްކަމަށެވެ. އަންހެނުން ކޮމެޓީގެ ރައީސާ އާއިޝަތު ހުސައިން ވިދާޅުވީ މިހަރަކާތުގައި ވީހާވެސްގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމަކީ އެކޮމެޓީން ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަމަށެވެ.
މިފަދަ ހަރަކާތެއް މިދިޔަ އަހަރު ތިމާވެށި ދުވަސް ފާހަނގަކުރުމުގެ ގޮތުން އޭދަފުށީ ކުލަބް ދަ ބިގިނާސް އިން ވަނީ ވަރަށް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސްފައެވެ.