އެއިޑްސްގެ ނުރައްކާ ބޮޑު؛ ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ އަދަދު 40

aids-1.png

ރާއްޖޭގައި އެއިޑްސް ޖެހުނު ދިވެހިންގެ އަދަދު މިދިޔަ އަހަރު ޑިސެމްބަރުގެ ނިޔަލަށް 40 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެެވެ.

ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ވަނީ ، ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރު ކަމަށެވެ.

އަދި ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 31 ޑިސެމްބަރު 2022 ގެ ނިޔަލަށް މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 34 ފިރިހެނުންނެވެ. މީގެތެރެއިން 15 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު މި ވަގުތު 22 މީހުން ބައްޔަށް ފަރުވާހޯދަމުން ދާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އެއިޑްސް އަކީ ދިފާއީނިޒާމު ބަލިކަށިކޮށްލާ ވަރަށް ނުރައްކާތެރި ބައްޔެކެވެ.

އެޗްއައިވީ ފެތުރެން ދިމާވާ ކަންކަމަށް ބަލާއިރު ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާ ތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ކުރުމާއި އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހުން ހިމެނެއެވެ. މީގެ އިތުރުން އެޗްއައިވީ ޖެހިފައިވާ މީހެއްގެ ލޭ ގަޔަށް އެޅުމުންވެސް ބަލި ޖެހިދާނެއެވެ.

އެޗް.އައި.ވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓެވެ. 2004  ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މިފަރުވާ އަންނަނީ ދެމުންނެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދެވޭ ފަރުވާއެކެވެ. އަދި އެޗް.އައި.ވީ އިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާ ( (Pre-exposure prophylaxis or PrEP ވެސް ރާއްޖެގައި ލިބެން ހުރެއެވެ.

2023 ވަނަ އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރަަކީ “”Let Communities lead އެވެ. މި ޝިއާރުގެ މަގްސަދަކީ އެއިޑްސް ބައްޔަށް ފަރުވާދިނުމުގައްޔާއި، ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައްޔާއި އަދި ބޭނުންވާ ސަޕޯޓް ދިނުމުގައްޔާއި ބަލިން ރައްކާތެރިވުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގައި އެންމެން އެއްބައިވެ، އާއްމުން އިސްނަގައިގެން ކުރިއަށް ދިއުމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top