ކަރަންޓްގެ އާއަގުތައް އިއުލާނު ކޮށްފި. މާލެއާ އަތޮޅުތަކުގެ ތަފާތު ބޮޑު

medium_65179.jpg

ސަރުކާރުން ވިދާޅުވެފައިވާ ގޮތަށް ކަރަންޓުގެ އަގަށް ބަދަލުގެނެސް ބައެއް ބޭންޑްތަކުންނަގާ ރޭޓް ހެޔޮކޮށްފިއެވެ.

މޯލްޑިވްސް އެނަރޖީ އޮތޯރިޓީން މިއަދު އިއުލާނު ކުރި އާ ޓެރިފް ރޭޓުގައިވާ ގޮތުން ފެބްރުއަރީ އެކަކުން ފެށިގެން ބިލްކުރާނީ މިއަދު އިއްލާނުކޮށްފައިވާ ރޭޓުންނެވެ.

އަލަށް ހަމަޖެއްސި ޓެރިފްރޭޓްތަކަށް ބަލާއިރު މާލެސަރަހައްދަށް ކަރަންޓްގެ ޚިދުމަތްދޭ ސްޓެލްކޯއިން ނަގާ ރޭޓާއި އަތޮޅުތެރެއަށް ކަރަންޓްގެ ޚިދުމަތްދޭ ފެނަކަ ކުންފުނިން ނަގާ ރޭޓްތަފާތެވެ. ނަމަވެސް ފެނަކައިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ރަށަކަށް ޗާޖްކުރަނީ އެއް ރޭޓެއްގައެވެ.

ކަރަންޓަށް އަގު ނެގުމުގައި މާލެއާ އަތޮޅުތެރޭގެ ތަފާތު

މާލެ :     0-100 ޔުނިޓް ހަމައަށް 1.50ރ
އަތޮޅުތައް :  0-100 ޔުނިޓާ ހަމައަށް 2.20ރ.
މާލެ :     101 -200 ޔުނިޓާ ހަމައަށް : 1.70ރ.
އަތޮޅުތައް : 101- 200 ޔުނިޓާ ހަމައަށް 2.75ރ
މާލެ :    201-300 ޔުނިޓާ ހަމައަށް 2.15 ރ.
އަތޮޅުތެރެ : 201-300 ޔުނިޓާ ހަމައަށް . 3.40ރ (ބަދަލެއްނާދެ ).
މާލެ :    301-400 ޔުނިޓާ ހަމައަށް 2.50.
އަތޮޅުތެރެ : 301-400 ޔުނިޓާ ހަމައަށް. 3.50ރ (ބަދަލެއްނާދެ )
މާާލެ :    401- 500 ޔުނިޓާ ހަމައަށް 2.95
އަތޮޅުތެރެ :401 -500 ޔުނިޓާ ހަމައަށް 4.00 ރ.
މާލެ :    501- 600 ޔުނިޓާ ހަމައަށް 3.55
އަތޮޅުތެރެ : 501-600 ޔުނިޓާ ހަމައަށް 4.50ރ.

އެމްއީއޭ އިން މިއަދު ކުރި އިއުލާންގައި ފިއުލް ސާޗާޖު ނެގޭނެ ގޮތްތައް ވެސް ވަނީ ބުނެދީފަ އެވެ. އެގޮތުން ބުނެފައި ވަނީ ފެނަކަ އާއި ސްޓެލްކޯއަށް ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8 ރުފިޔާއަށް ވުރެ މައްޗަށް އަރައިފިނަމަ އޭގެ ފަހުން ކަރަންޓް ބިލް ތައްޔާރުކުރާނީ ކޮންމެ ތެޔޮ ލީޓަރަކަށް އިތުރުވާ ދިހަ ލާރިން ތިން ލާރި ސާޗާޖުގެ ގޮތުގައި ކަނޑައެޅިގެން ކަމަށެވެ.

ސްޓެލްކޯ އާއި ފެނަކައަށް މިހާރު ޑީސަލް ލީޓަރެއް ގަންނަނީ 7.05 ރުފިޔާ އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top