ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހުރަހެއް ނޭޅޭނެ – ސަލީމް

fb1cf24b-b61a-4015-81d9-fef5b9d1510a-1536x1024-1.jpeg

އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ރައީސް ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ހުރަސް އަޅަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިގޮތަށް ވިދާޅުވީ މިއަދު އޭނާ ކުރެއްވި އެކްސް އެއްގައެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ތްރީ ލައިންގެ ވިޕެއް ނެރެފައެވެ. އަދި ރައީސް ނަޝީދު ވަކި ކުރަން އަންނަ އާދިއްތަ ދުވަހަށް މިހާރުވަނީ އެޖެންޑާ ކޮށްފަ އެވެ.

ނަމަވެސް އިންތިޚާބީ ރައީސް ކުރައްވާ ހުވާ ގަބޫލު ނުކުރައްވާނެ ކަމަށާއި އާ ސަރުކާރުގެ ކެބިނެޓަށް ވެސް ރުހުންނުދޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ދަ ޑިމޮކްރެޓްސްއިން ބުނީ އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަންގަވައިގެން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން ސަލީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އަޅަން އެމްޑީޕީއިން މަސައްކަތް ކުރިޔަސް އެއްގޮތަކަށް ވެސް އެކަމެއް ނުވާނެ ކަމަށެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top