ކައުންސިލަރުންނަށް ސިޓިން އެލަވަންސް ނުދޭން ނިންމައިފި

big_90MMzPSwgoEuzvnprgOQaDXDf.jpg

އެކި ކަންކަމާ ބެހޭގޮތުން ކޮމިޓީތަކުގެ ބައްދަލުވުން ތަކާއި، ރައްޔިތުންގެ ބައްދަލުވުންތަކުގައި ބައިވެރިވާ ރަށު ކައުންސިލަރުންނަށް ސިޓިން އެލަވަންސް ނުދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ކައުންސިލަރުން ސިޓިން އެލަވަންސެއް ހަމަޖައްސައިދިނުމަށް މަޖިލީހުން ގޮތެއް ނިންމައިދިނުމަށް ހުށަހެޅީ ރ. ދުވާފަރު ކައުންސިލުންނެވެ.

ދުވާފަރު ކައުންސިލްގެ ހުށަހެޅުމުގައި ވަނީ ކައުންސިލު ހިންގުމުގައި ފަންނީ މީހުންނާއި ރައްޔިތުންގެ މަޝްވަރާއާއި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށްޓަކައި، އެފަދަ ދާއިރާތަކުން އުފައްދާ ލަފާދޭ ކޮމިޓީތަކާއި ގާނޫނު ލާޒިމުކޮށްގެން އުފައްދާ އެހެނިހެން ކޮމިޓީތަކުގައި ބައިވެރިވާ ކައުންސިލް މެންބަރުންނަށް ސިޓިން އެލަވަންސް ހަމަޖެއްސުމާމެދު ލަފައެއް ދިނުމަށެވެ.

އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، ކައުންސެލަރުންނަށް ދޭން ޖެހޭ އެލަވަންސާއި މުސާރަ އާއި ހުރިހާ އެއްޗެއް، ކައުންސެލަރުންގެ މުސާރައިގެ އޮނިގަނޑުގެ ތެރޭން ފާހަގަވާ ކަމަށެވެ. އެހެންކަމުން އެ އޮނިގަނޑުގެ ތެރެއިން ވަކި ސިޓިން އެލަވަންސެއް ހަމަޖެއްސޭނެގޮތެއް ނެތްކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ދުވާފަރު ކައުންސިލުން ހުށަހަޅާފައިވާ މައްސަލައަށް އެގޮތަށް ކޮމިޓީން ޖަވާބު ދިނުމަށްވެސް އިލިޔާސް ލަބީބު ހުށަހެޅުއްވިއެވެ.

އިލްޔާސްގެ ހުށަހެޅުއްވުމަށް އެމްޑީއޭގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ތާއީދު ކުރެއްވި އެވެ. އިލްޔާސްގެ ހުށަހެޅުން ކޮމިޓީން ފާސްކުރީ އެ ވަގުތު ބައްދަލުވުމުގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top