ސައޫދީ ގައި ކިޔެވުމަށް 300 އަށްވުރެ ގިނަ ސްކޮލަޝީޕް ސައޫދީ އަރަބިޔާގެ އެޑިއުކޭޝަން މިނިސްޓްރީން ރާއްޖެއަށް ދީފި އެވެ.
މިކަމަށް އެދި ދަރިވަރުން ކުރިމަތިލާން ހުޅުވާލާފައި ވާކަމަށް ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ އިން ވަނީ ބުނެފަ އެވެ.
މި ސްކޮލަޝިޕްގެ ދަށުން ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރުމަށް ހުޅުވާލާފައިވެއެވެ. އޭގެ ތެރޭގައި، ކޮމްޕިއުޓަރ ސައިންސް، އެގްރިކަލްޗަރ، އެޑިއުކޭޝަނަލް ސްޕެޝިއަލިޓީސް، އިސްލާމް އެންޑް އަރަބިކް ލޭންގުއޭޖް، އިންޖިނިއަރިންގް، ޕޮލިޓިކްސް، އިކޮނޮމީ، ލޯ، ބިޒްނަސް މެނޭޖްމަންޓް އަދި މީޑިޔާ ހިމެނެއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މި ސްކޮލާޝިޕް ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިލައްވާފައެވެ.
ހަމަ އެހެންމެ ކޯހަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދިލައްވާފައި ވެއެވެ.