ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުވެސް ބޮޑު ތަފާތަކުން އޭދަފުށި، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ، ކާމިޔާބު ކުރައްވައިފި އެވެ.
މިމަހު 9 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޭދަފުށީގައި ބެހެއްޓި ތިން ފޮށިން ޑރ.މުއިއްޒު 874 ވޯޓު ލިބިވަަޑައިގެންފައިވާ އިރު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 473 ވޯޓެވެ.
މި އިންތިޚާބުގެ ދެވަނަ ބުރުގައި އޭދަފުށީގައި ބެހެއްޓި ތިން ފޮށިން ޑރ. މުއިއްޒަށް ވަނީ 1040 ވޯޓު ލިބިވަޑައިގެންފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 478 ވޯޓެވެ.
މީގެ އިތުރުން މާލޭގައި ދިރިއުޅޭ އޭދަފުށީ ރައްޔިތުންނަށް މާލޭގައި ބަހައްޓާފައިވާ ދެ ވޯޓު ފޮށިންވެސް ޑރ. މުއިއްޒުވަނީ ކުރި ހޯއްދަވާފަ އެވެ. ދެފޮށީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޑރ.މުއިއްޒަށް 585 ވޯޓު ލިބިވަޑައިގެންފައިވާ އިރު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 252ވޯޓެވެ.