ރައީސަށް އޮތް ތާއީދު ކުޅުދުއްފުށިން ދައްކާލައިފި

img_md_202309040710441693836644.0839.jpeg
ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ސޯލިހު ކުޅުދުއްފުއްޓަށް މި ވަޑައިގެންނެވީ ކެމްޕޭނުގައި ބޮޑު ތިލަދުންމަތީގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ފަހު ހދ.އަތޮޅުގެ ފަހު މަންޒިލެއްގެ ގޮތުގައެވެ.

ރައީސް ސޯލިހު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވާ އިރު މިއީ އެއްވެފައި ތިބި އެންމެންނާއި ސަލާމު ކުރެއްވުމަށް ގަޑިއެއްހާ އިރު ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވި އެވެ.

އެމަނިކުފާނަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ދާދި ފަހަކާއި ޖެހެން ދެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވި އެ ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލްގެ މެމްބަރުންނެވެ.

ޔާސީރާއެކު ކައުންސިލްގެ މެމްބަރުން ޑިމޮކްރެޓްސް އަށް ބަދަލުވެ މާގިނަ ދުވަސްތަކެއް ނުވަނީ އަލުން ވަނީ އަނބުރާ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top