ޑރ. މުއިއްޒުގެ ވެރިކަމެއްގައި ރޯދަމަހު ފަހު 10 ސަރުކާރު ބަންދު

F4y865WaMAIUPpG.jpg

ޑރ.މުއިއްޒު، އޭދަފުށީގައި

ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރޯދަމަހު ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަނޑައަޅައިދޭނެ ކަމަށް މިރޭ ވައުދެވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިރޭ އޭދަފުށީގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރޯދަ މަހުގެ ފަހު 10 ބަންދުކުރަން ނިންމީ އެ ދުވަސްވަރު އަޅުކަމައިގެން އުޅެން ފުރުސަތު ދިނުމަށްކަމަށެވެ.

މުއިއްޒު ވިދާޅުވީ މި ނިންމުމުގެ ސަބަބުން ރައްޔިތުން ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއްވޭނެ ކަމަށެވެ. އަދި އުމްރާ އަށް ދާން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކީގައި އެ އަޅުކަންވެސް އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މިއާ އެކީގައި ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރާ ދަރިވަރުންގެ ތެރެއިން ގްރޭޑް އަށަކުން ދަށުގެ ގްރޭޑްތަކުގައި އުޅޭ ދަރިވަރުންނަށް ސްކޫލްތައް ބަންދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އަށެއް، ނުވައެއް، ދިހައެއް، އެގާރަ، ބާރައިގެ ކުދިން އެ ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެ. އެކަމަކު އަށަކުން ދަށުގެ ހުރިހާ ދަށުގެ ހުރިހާ ކުދިންނަށް ބަންދުވާނެ،” މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މުއިއްޒު ވަނީ މި ސަރުކާރާއި އިސްލާމީ ގައުމުތަކާ އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ވިދާޅުވެ، އެ ގައުމުތަކާ އެކީގައި ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ހާއްސަކޮށް އަރަބި ގައުމުތަކާ ގުޅުން ބޭއްވުމުގެ މުހިންމު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top