މަންމައަކު ދެދަރިންގެ އައިޑީކާޑު ހިފައިގެން ފިލައިފި

kamadhoo-council.jpg

ކަމަދޫ ކައުންސިލް

ބ. ކަމަދޫމީހަކާ އިނދެގެން އެރަށުގައި ދިރިއުޅެމުންދާ އަންހެނަކު އެމީހުންގެ ދެދަރިންގެ އައިޑީކާޑު ހިފައިގެން ފިލައިފިއެވެ.

ކަމަދޫ ކައުންސިލްގެ ރައީސް އަލީ އިސްމާއީލް ވިދާޅުވިގޮތުގައި އެކަމުގެ އެއްވެސް ތަފްސީލެއް އެ ކައުންސިލާ އާއިލާއިން ހިއްސާ ކޮށްފައިނުވާތީ ހަގީގަތް ދަންނަވަން ނޭގުނުނަމަވެސް ނޫސްތަކުންނާ ރަށުގެ މީހުންގެ ފަރާތުން އެއީ ހިނގާފައިވާ ކަމެއްކަން އެނގޭ ކަމުގައެވެ.

“މިހާރު ޖެންޑަރ މިނިސްޓްރީންވެސް މި ކައުންސިލަށް އަންގައިފި އެކަން ހިނގާފައިވާގޮތް ތަހްގީގު ކުރުމަށް. ނަމަވެސް ތަހްގީގު ކުރިއަށް ނުދާތީ ވަކި އެއްޗެއް ދަންނަވަން ދަތި ” ރައީސް ވިދާޅުވިއެވެ.

ބައެއް މީޑިއާއިން މި ޚަބަރު ގެނެސްދެމުން ބުނެފައިވަނީ އެއަންހެންމީހާ ފިލައިގެން ގޮސްފައިވަނީ ދެދަރިންގެ އައިޑީކާޑުގެ އިތުރުން ފިރިމީހާ ހޯދާފައިވާ ފައިސާތައްވެސް ހިފައިގެންނެވެ.
އަދި އަންހެންމީހާ މިހާރު ހުރީ ކަމަދޫ ކައިރީގައި އޮންނަ ދަރަވަންދޫން ވައިގެ މަގުން މާލެއައިސް މާލޭގައި ކަމަށާ މާލެ ދިޔައިރު އެއަންހެން މީހާ ހިތާވެގެން އުޅޭ މީހާ އޭނާ ބަލައިގޮސް ހުރި ކަމުގައެވެ.

ފިރިމީހާގެ އާއިލާއިން ބުނީ މިއީ އޭނާ ފިލި ތިންވަނަ ފަހަރު ކަމުގައެވެ. އާއިލާއިން އެންމެ ކަންބޮޑުވަނީ އައިޑީ ކާޑުތައް ހިފައިގެން ދިއުމުންނެވެ. އެއީ އެއިން ކުއްޖަކު ބަލިވިޔަސް އާސަންދައިގެ ދަށުން  އައިޑީކާޑާ ނުލާ ޑޮކްޓަރަށް ނުދެއްކޭނެތީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top