އޭދަފުށީ ކާށިދޫގޭގައި ހުންނަ އެލްމެނިއަމް މަސައްކަތްކުރާ ބައިގާ ހުރި ކޭޝްޑްރޯވަރ ވަގަށް ނެގި މީހުން ހޯދައި އެ މައްސަލައިގާ ތުހުމަތު ކުރެވޭ ހަމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 18 އަހަރުން ދަށުގެ 4 ކުދިންނާއި 23 އަހަރާއި 24 އަހަރުގެ ދެ މީހުންނެވެ.
މީގެ ދެރެއެއްގެ ކުރިން އޭދަފުށީ ގެއަކުން ވައްކަން ކޮށްފައިވާ ކަމަށް ، ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މި މީހުން ކޯޓުއަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 7ވަނަ ދުވަހުގެ ރެއާއި 8ވަނަދުވަހުގެ ރޭގެ އެކި ވަގުތު ތަކުގައެވެ.
ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 3000 ރުފިޔާ ފެނިފައިވަނީ މި މީހުން ދިރި އުޅެމުންދާ ގެތަކުންނެވެ. ކޭޝް ޑްރޯވަރ ފެނިފައިވަނީ މޫދަށް އެއްލާލާފައި ވަނިކޮށެވެ. ކޭޝް ޑްރޯވަރ ފެނުނުއިރު އޭގެތެރޭގައި ހުންނަ ވަކިލާރި އަޅާބައިގެ ދަށުގައިހުރި 12000ރު އަށް ވުރެ ގިނަފައިސާ ފެނިފައިވާ ކަމަށް ޕޮލިސް ލައިފުން މައުލޫމާތު ދެއެވެ.
މިމައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.