ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުން އަންހެނެއްގެ މޫނު ފިހިއްޖެ

big_TkFgTUxJg5nNdzFtveXGBQ3tN.jpg

އަލިފާނުގެ ހާދިސާ އެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ ---ފޮޓޯ:އަވަސް

ގޭސް އުނދުނެއް ރޯކުރަނިކޮށް ހުޅުގަނޑު ފަޅައިގެންގޮސް އަންހެނެއްގެ މޫނު ފިހިއްޖެ އެވެ.

މިހާދިސާގައި މޫނު ފިހިގެން އަނިޔާވީ މާލޭސިޓީ މ. ދިލީވިލާގައި ދިރިއުޅޭ 33 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ހާދިސާ ހިނގިކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:29 ގައެވެ. ހާދިސާގައި މޫނު ފިހިގެން އަނިޔާވި އަންހެން މީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފަ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ މޫނު ފިހިފައިވާ ކަމަށާއި ހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ގޭސް ލީކުވެފައި ހުއްޓާ ރޯކުރުމުން ނުރައްކާތެރި ހާދިސާތައް ހިނގައި އެތައް ބަޔަކަށް އަނިޔާވެފައިވެ އެވެ. މި އަހަރާއި މިދިޔަ އަހަރު ވެސް މިފަދަ އެތައް ހާދިސާއެއް ހިނގާފައި ވާއިރު މިދިޔަ އަހަރު ފިހުނު އަންހެނަކަށް ފަރުވާދެނިކޮށް ނިޔާވެފައި ވެސް ވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top