ވިއްސާރައިގާ މާޅޮހަށް ގެއްލުން ތަކެއް

viber_image_2020-11-18_11-51-58-1-800x525-oyl90v69tij9mdt779r34z8bn51ytfwg7z0w8br3hg-2.jpg

މާޅޮހަށް ކުރިން ކުރި ވިއްސާރައެއްގައި އެރަށުގައި ފެން ބޮޑުވެފައި

މިހާރު ކުރަމުން މިދާ ވިއްސާރައިގާ ބ. މާޅޮހަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މާޅޮހުގެ އިތުރުންވެސް އެކި ހިސާބުތަކަށް އެކި ވަރުވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

ވިއްސާރައިގާ މާޅޮހަށް ލިބިފައިވާ ގެއްުލުންތަކުގެ ތެރޭގައި އެރަށުން ގިނަ އަދަދެއްގެ ރުއްގަސް ވެއްޓި ބައެއް ގޭގެއަށްވެސް ގެއްލުން ލިބިގެން އެ އިދާރާއަށް ރިޕޯޓް ކޮށްފައި ވެއެވެ.

މީގެ އިތުރުން ޅ. ނައިފަރުގައި ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އެއް ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށާއި ހއ. އިހަވަންދޫގައި ގަދަ ވައިގެ ސަބަބުން އެއް ގެއެއްގެ ފުރާޅަށް ގެއްލުންވުމުގެ އިތުރަށް އެއް ގެއެއްގެ ފާރެއްގެ މައްޗަށް ގަހެއް ވެއްޓި ގެއްލުން ލިބިފައިވާކަމަށްވެސް އެންޑީއެމްއޭ އިން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top