ފޭލި ޖަމިއްޔާއިން ނިޔަމި ކަމުގެ ކޯހެއް ހިންގައިފި

viber_image_2023-06-25_21-24-57-293.jpg

ނިޔަމި ކަމުގެ ސަނަދު(2) ކޯސް ފުރިހަމަ ކުރެއްވި ބައިވެރިން

އޭދަފުށީ ކައުންސިލާއި އޭޝިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ފައުންޑޭޝަން އޮފް އޭދަފުށީ ލިންކޭޖް (ފޭލި) ޖަމިއްޔާގެ ފަރާތުން އޭދަފުށީގައި ނިޔަމި ކަމުގެ ސަނަދު (2) ކޯސް ހިންގައިފި އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ހިންގި މިކޯހުގައި 24 މީހުން ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައި ވެއެވެ.

ފޭލި ޖަމިއްޔާއިން ބުނި ގޮތުގައި މި ކޯހުގައި ކިޔަވައިދެއްވީ އައިއެލްޓީއީ މެރިޓައިމް އެކަޑެމީގެ އިންސްޓްރަކްޓަރެކެވެ.

ކޯހުގެ ބައިވެރިންނަށް ސަނަދު ދިނުމުގެ ޖަލްސާ އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގަ އެވެ.

ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ، އެމްއެންޑީއެފް ނޮދަން އޭރިޔާ ގެ ކޮމާންޑް ޓްރޭނިންގ އެންޑް އޮޕަރޭޝަންސް ،ކެޕްޓަން މުހައްމަދު އިޝްފާން އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top