ގޭސްޓްރިކަށް ބޭނުންކުރާ އިންޖެކްޝަނެއް ވިއްކުން މަނާކޮށްފި

Aciloc-2ml-5.jpg

ރާއްޖެއަށް އިމްޕޯޓް ކޮށްފައިވާ އިންޖެކްޝަނެއްގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފެނިފައިވާތީ، އެ ބެޗް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ (ރެނިޓިޑައިން އިނެޖެކްޝަން)ގެ ބެޗު ނަންބަރު RP21311 އިން ކޮލިޓީ މައްސަލައެއް ފެނިފައިވާ ކަމަށެވެ.

ރެނިޓިޑައިން އަކީ ގޭސްޓްރިކަށް ފަރުވާކުރަން ބޭނުންކުރާ އިންޖެކްޝަނެކެވެ.

އެ ބެޗްގެ އެއްވެސް ވެކްސިނެއް ފާމަސީއަކުން ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅައި ހިއްސާކޮށްދޭން ވެސް އެމްއެފްޑީއޭ އިން އެދިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top