ފުލުހުންގެ ވަޒީފާ އަށް ވަނުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ކޮންސްޓަބަލުންގެ މަގާމަށް މީހުން ހޯދާ އިރު، ކޮންސްޓަބަލަކަށް މަހަކު 11،810ރ. ގެ މުސާރައެއް ލިބޭނެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 4،650ރ. އާއި ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭ 5،000ރ. ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (-/1,860 ރުފިޔާ) ލިބޭނެއެވެ. އިތުރަށް ޔުނިފޯމް އެލަވަންސްގެ ގޮތުގައި 300ރ. ލިބޭނެއެވެ.
ފުލުހުންގެ ކޮންސްޓަބަލުންނަށް ވާން ބޭނުންވާ މީހުން ފޯމް ހުށަހަޅަން ޖެހޭނީ ފުލުހުންގެ ހެޑްކުއާޓާޒްއަށެވެ. އެގޮތުން އަންނަ ޖޫން މަހުގެ އަށް ވަނަ ދުވަހު އަށެއްގެ ކުރިން ފޯމް ހުށަހެޅޭނެއެވެ.
ވަޒީފާ އަށް ރެކްރޫޓު ކުރެވޭ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ހަމަވުމުން ސާވިސް އެލަވަންސް، ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް ފަދަ އެކިއެކި އިނާޔަތްތަކާއި އެލަވަންސްތައް ލިބޭނެ ކަމަށް ފުލުހުންގެ ޚިދުމަތަށް މީހުން ހޯދަން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
ފުލުހުންގެ ޚިދުމަތަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި އެސްއެސްސީ އިމްތިހާނުން ދެ މާއްދާ އިން “ސީ” ފާސް ލިބިފައިވުމާ އެކު، ޖީސީއީ އޯ ލެވެލް އިމްތިހާނުން މަދުވެގެން ދެ މާއްދާ އިން ދަށްވެގެން “ސީ” ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެއެވެ. އެހެން ނޫން ނަމަ، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅުން ހުރި ދާއިރާއަކުން ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބެން ވާނެ ކަމަށް ބުނެފައިވެއެވެ.
އޭގައިވާ ގޮތުން ފިރިހެނަކު، ނަމަ އިސްކޮޅުން ފަސް ފޫޓު ތިން އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅުން ފަސް ފޫޓު ހަމަވާން ޖެހެއެވެ. އަދި މީލާދީ ގޮތުން 18 އަހަރާއި 39 އަހަރާ ދެމެދު ފަރާތެއް ކަމުގައިވާން ވާނެ ކަމަށް ވެސް އިއުލާންގައި ވެއެވެ.