ރާއްޖޭގެ 16 ދަރިވަރުން ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި

b_1.jpg

މިދިޔަ އަހަރު ގަދަ 10 ގައި ހިމެނުނު ބައެއް ދަރިވަރުންނާއެކު ރައީސް އަދި އެޑިއުކޭޝަން މިނިސްޓަރު

ރާއްޖޭގެ 16 ދަރިވަރަކު އޯލެވެލް އިމްތިހާނުގައި މިދިޔަ އަހަރު ދުނިޔޭގެ ފެންވަރުގައި ހިމެނުނު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރު އޯލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި ދުނިޔޭގެ ފެންވަރުގައި ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައެވެ.

ދުނިޔޭގެ ފެންވަރުގައި ރަނގަޅު ނަތީޖާ ހޯދި ދިވެހި ދަރިވަރުންގެ ތެރޭގައި ހިމެނެނީ 11 އަންހެން ކުދިންނާއި ފަސް ފިރިހެން ދަރިވަރުންނެވެ.

އޭގެތެރެއިން ނުވަ ދަރިވަރަކު އެކި މާއްދާތަކުން ދުނިޔެއިން އެއްވަނަ އަށް ގޮސްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޖުމްލަ 6،300 ދަރިވަރަކު މިދިޔަ އަހަރު އޯލެވެލް އިމްތިހާނު ހެދިއިރު ގަދަ 10 ގައި 844 ދަރިވަރުން ހިމެނުނު ކަމަށާއި މިދިޔަ އަހަރު ރާއްޖެއިން އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން އިޚްތިޔާރީ މާއްދާތަކުން 60 ޕަސެންޓަށް ވުރެ ގިނަ ކުދިން ފާސްވިއިރު ބިޒްނަސް ސްޓްރީމް މާއްދާތަކުން ފުރަތަ ފަހަރަށް 75 ޕަސެންޓަށް ވުރެ ގިނަ ކުދިން ފާސްވިކަމަށް އެޑިއުކޭޝަން ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަދި އާޓްސް އާއި ސައިންސް ސްޓްރީމް 80 ޕަސެންޓަށް ވުރެ ގިނަ ކުދިން ފާސްވިއިރު އިނގިރޭސި މާއްދާއިން ފާސްވި ކުދިންގެ އަދަދު 73 ޕަސެންޓް އިތުރުކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top