ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ޅެންވެރިންގެ ބަހާރު

489346373.jpg

ޅެންވެރިންގެ ބަހާރުގައި ބައިވެރިވެވަޑައިގެންނެވި ބައެއް އިއްޒަތްތެރިން. ފޮޓޯ : ޓްވިޓާ

ދިވެހި ރާއްޖޭގެ ޅެންވެރިންގެ ދުވަސް ކަމުގައިވާ15 ޖެނުއަރީ މިއަހަރު ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން ފާހަގަކޮށްފައިވަނީ ޅެންވެރިންގެ ބަހާރުގެ ގޮތުގައެވެ.

ސަލްޓަންޕާކްގެ ހުޅުދާންބަގީޗާގައި ރޭބޭއްވި ޅެންވެރިންގެ ބަހާރުގައި ކުރީގެ ރައީސް ،ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދެކަނބަލުންގެ އިތުރުން ދިވެހިރާއްޖެއަށް އިންޑިއާ ސަރުކާރުން އައްޔަންކޮށްފައވާ ސަފީރު އަކިލޭޝްމިސްރާ ބައިވެރިވެ ވަޑައިގަތެވެ.

ޅެންވެރިންގެ ބަހާރުގައި ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ގިނަ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އޮގަރު އިބްރާހީމް ވަހީދުއާއި އާދަމްނަސީރު އިބްރާހީމް އާއި ކޮޕީ މުހައްމަދު ރަޝީދު ފަދަ އެތައް ބޭފުޅުން ހިމެނެއެވެ.

ޅެންވެރިންގެބަހާރުން ފެނުނު އެންމެ ހިތްގައިމު އައިޓަމަކީ ރާއްޖޭގައި އުފެދުނު މޮޅު ޝާއިރުންގެ ބައެއްޅެންތައް ރާގުގައި މިއުޒިކާއެކު ހުށަހަޅައި ދިނުމެވެ.

200އެއްހާ މީހުން ބައިވެރިވި ޝާއިރީ ޖައްވެއްގައި އޮތް މިބަހާރު މިގޮތަށް ފާހަގަ ކުރިކަމުގައި ވިޔަސް ދިވެހި ބަހުގެ އެކަޑަމީން ބުނީ ޅެންވެރިންގެ ދުވަސް މިއަހަރު ރަސްމީކޮށް ފާހަގަކުރާނީ ހއ. ހޯރަފުށީގައި ކަމަށެވެ.

ހޯރަފުޢްޓަކީ ދިވެހި ޅެންވެރިކަމުގެ ގުލިސްތާނުގެ ނަމުން މަޝްހޫރުވެފައިވާ މަރްހޫމް އާދަމްސަލީމުގެ އުފަން ރަށް ކަމަށް ވެފައި ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ “ގުލިސްތާނު”ގެ ނަމުގައި ކަމަށް އެ އެކަޑަމީން ބުނެއެވެ.

ޅެންވެރީންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދިވެހި އަދަބީ ފަންނުތަކުގެ ތެރެއިން އެންމެ ރީތި އެއް ފަންނު ކަމުގައިވާ ޅެންވެރިކަން ތަރައްގީ ކުރުމަށް ހިތްވަރު ދީ، ޅެންވެރީންގެ އަދަބީ ހިދުމަތްތައް ފާހަގަ ކޮށް، ޅެން ހަދާފަރާތްތަކަށް ހިތްވަރުދިނުމަށެވެ.

ޅެންވެރިންގެ ދުވަސް ނިސްބަތްވަނީ ދިވެހި ޅެންވެރިކަމުގެ “ސާގިބް” އަދި “ޝާއިރުއްޝަބާބު “ގެ ނަމުގައި ވެސް ގިނަ އަދި މޮޅު ޅެންތަކެއް ހައްދަވާފައިވާ މަރްހޫމް އިބްރާހީމް ޝިހާބް އަވަހާރަވީ ދުވަހާ ގުޅުވައިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top