އޭދަފުށި މިރޭ ނުކުންނަނީ އިނގުރައިދޫ އާ ދެކޮޅަށް

332874389_526402619390105_658512081415084310_n.jpg

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ޒޯން ދޭއްގައި މިރޭ އޭދަފުށި ވާދަކުރާނީ ރ. އިނގުރައިދޫއާ ދެކޮޅަށެވެ.

މި ޒޯންގައި ހިމެނެނީ ނ.އަތޮޅާއި ރ.އަތޮޅާއި ބ.އަތޮޅެވެ. ނ. އަތޮޅުން މުބާރާތުގައި ވާދަނުކުރާތީ ޒޯންގައި ކުޅޭނީ އޭދަފުއްޓާއި އިނގުރައިދޫ ވާދަކުރާ ދެ ލެގުގެ މެޗެކެވެ. ޒޯންގައި ދެ ޓީމު އޮތުމާ އެކު މިދެ ޓީމު ވެސް ވަނީ ގަދަ 16 އަށް ހޮވިފަ އެވެ.

އަތޮޅު ޗެމްޕިއަންކަން އޭދަފުށި ހޯދާފައިވަނީ ފެހެންދުއާއި ވާދަކޮށް 2-1 އިން މޮޅުވެގެންނެވެ. އޭދަފުއްޓާއި ފެހެންދޫގެ އިތުރުން ތުޅާދޫ އާއި ކެންދޫ އަތޮޅު ބުރުގައި ވާދަކުރި އެވެ.

އިނގުރައިދޫ އަތޮޅު ޗެމްޕިއަންކަން ހޯދީ ރ. އަތޮޅު ބުރުގެ ފައިނަލުގައި ދުވާފަރު ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. ދުވާފަރު ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި އިނގުރައިދޫ ބަލިކޮށް އަތޮޅު ޗެމްޕިއަންކަން ހޯދާފަ އެވެ.

އިނގުރައިދޫ ޓީމުގައި ފުޓްސަލްގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އަލީ ހާފިޒް (ހާއްޕެ) ހިމެނެ އެވެ.

ފުރަތަމަ ލެގްގެ މެޗު މިރޭ ފަށާނީ 9 ޖަހާއިރު އެވެ. މި މެޗަކީ އޭދަފުށީގެ ހޯމް މެޗެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top